ކަރަންޓު ޝޯޓެއްވެ ދިއްދޫ އޮޕަރޭޝަން ތިއޭޓަރު ހުއްޓުމަކަަށް

ކަރަންޓު ޝޯޓެއް ކުރިމަތިވެ ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގެ މަސައްކަތް ހުއްޓުމަަކަށް އަތުވެއްޖެ އެވެ. ދިއްދޫ ހޮސްޕިޓަލްގެ މެނޭޖަރު އުސްމާން އަޝްރަފް "ސަން" އަށް ވިދާޅުވީ އިއްޔެ ހަވީރު އޮޕަރޭޝަން ތިއޭޓަރުގައި ކަރަންޓު ޝޯޓެއްވެ ކަރަންޓު ނަރެއްގައި އަލިފާން ރޯވިކަމަށެވެ. އެ ހާދިސާގައި އިތުރު އެއްވެސް އެއްޗަކަށް ގެއްލުމެއް ނުލިބޭކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެ ހާދިސާއާ ގުޅިގެން ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިހާރުވެސް ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ. އެ ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގެ ހިދުމަތްތައް މިއަދު ވަނީ މެދުކަނޑާލައިފަ އެވެ. " ހިދުމަތް އަލުން ދިނުމަށް މިހާރު މިދަނީ މަސައްކަތް ކުރަމުންް" އުސްމާން ވިދާޅުވި އެވެ. އުސްމާން ވިދާޅުވީ އެ ހޮސްޕިޓްލައި އޮޕަރޭޝަންތައް ކޮންމެ ދުވަހަކުވެސް ކުރިއަށްދާ ކަަމަށާއި އޮޕަރޭޝަނެއް ނުކޮށް އެ ތިއޭޓާ ހުސްކޮށް ހުންނަނީ ވަރަށް މަދުދުވަހެއްގައި ކަަމަށެވެ. ހއ. ދިއްދޫގައި އާ ހޮސްޕިޓަލްއެއް އެޅުމަށް ނިންމައި އެތަނުގެ ޑިޒައިން މިދިޔަ ފެބްރުއަރީ މަހު ވަނީ އިފްތިތާހްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ