އަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްޔަންކުރަނީ ރައިސް ޔާމީނަށް ހުކުމް ކުރުމުގެ އިނާމެއްގެ ގޮތުން - އަދުރޭ

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރެއްވި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިން ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ފޮނުވީ އެ ހުކުމް ކުރުމުގެ އިނާމެއްގެ ގޮތުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ގާޒީ އަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްްޔަން ކުރެއްވުމަށް ލަފައަކަށް އެދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޖޭއެސްސީއަށް ފޮނުވީ މިއަދު އެވެ.
އެކަމާއި ގުޅިގެން އަދުރޭ ވިދާޅުވީ، ރައީސް ޔާމީނަށް ނުހައްގު ހުކުމް ކުރި ފަނޑިޔާރު އަލީ ރަޝީދަށް ސްޕްރީމް ކޯޓުގެ ގޮނޑިއެއް ދިނުމަށް ރައީސް ސާލިހް ނިންމެވީ އެ ހުކުމް ކުރުމުގެ އިނާމަކަށްކަމަށެވެ. އަދި ރައީސް ސާލިހު މިނިންމެވުމުންވެސް ރައީސް ޔާމީނުގެ ޙުކުމަށް ރައީސް ސާލިހު ނުފޫޒު ފޯރުވި މިންވަރު ޔަގީންވެގެން ދިޔަކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވީ އޭރު ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އަހުމަދު ހައިލަމްއެވެ. ނަމަވެސް މިދިޔަ އަހަރުގެ ނަސްރުގެ ދުވަހާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ހައިލަމް ޕޯސްޓު ކުރެއްވި ފޮޓޯއަކާއި ގުޅިގެން ޖޭއެސްސީ އިން ހައިލަމްގެ މައްސަލަ ބަލާ ހައިލަމް ކުރެއްވި އަމަލަކީ ފަނޑިޔާރުންގެ ސުލޫކަށް އަސަރު ކުރާ ފަދަ ކަމެއް ކަމަށް ނިންމިއެވެ. އަދި އެއާއިއެކު ހައިލަމް މަގާމުން ވަކި ކުރެއްވުމަށް ނިންމިއެވެ. އޭގެކުރިން ހައިލަމް ވަނީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ހައިލަމް އިސްތިއުފާ ދެއްވުމުން ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގެވުމާއި ހަވާލު ކުރެއްވީ ގާޒީ އަލީ ރަޝީދަށެވެ. އަދި ރައީސް ޔާމީންގެ މައްސަލަ ވެސް ފަހުން ބެއްލެވީ ގާޒީ އަލީ ރަޝީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ