ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ

ހުޅުމާލޭގައި ކަރަންޓު ދިނުމަށް ބޭނުން ކުރާ ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ ހުޅުމާލޭގެ ބޮޑު ބަޔަކުން މިރޭ ކަރަންޓު ކެނޑިއްޖެއެވެ.
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައިވަނީ މިރޭ ހަތެއް ޖަހާއެހާކަށްހާއިރު އެވެ.
ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށް ކަރަންޓު ދިނުމުގެ މަސައްކަތްސްޓެލްކޯއިން މިހާރު ދަނީ ކުރަމުންނެވެ.
ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނު އިރު މިމަހުގެ ކުރީކޮޅު ވެސް ހުޅުމާލެއަށް ކަރަންޓު ދޭން ބޭނުން ކުރާ ޖަނަރޭޓަރުތަކަކަށް މައްސަލަ ދިމާވެ އެކި ހިސާބުތަކުން ކަރަންޓު ކަނޑާފައިވެއެވެ.
މިހަބަރާ ގުޅޭގޮތުން ސްޓެލްކޯގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ