ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނުވަތަ ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ރިވިއު ކޮށްދިނުމަށް އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ގާނޫނީ ވަކީލުން މިރޭ ގޮވާލައްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ކުރިއަށް ގެންދާ ނިއުސް ބްރީފިންގައި ގާނޫނީ ވަކީލުން ވިދާޅުވީ ސިޔާސީ ޕާޓީގެ ގާނޫނާއި ލާމަރުކަޒީ ގާނޫނަށް ބަލާއިރު، ސުޕްރީމް ކޯޓުގެ ހުކުމުގައި ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ.
ގާނޫނީ ވަކީލުން މައިގަނޑު ގޮތެެއްގައި ފާހަގަކުރީ ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) އެވެ.
އެ މާއްދާގައި ބުނެފައި ވަނީ "ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ބާއްވާ އިންތިޚާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިޚާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފު ވެގެން ޕާޓީން ވަކިކުރި ކަމުގައި ވިޔަސް، އެ މީހަކު އިންތިހާބުގައިވާ މަގާމުގައި ދެމި ހުންނާނެ" ކަމަށެވެ.
ވަކީލުން ވިދާޅުވީ ހުކުމްގައި ތައާރަޒުތަކެއް ހުރުމުން، އެ ހުކުމް ސުޕްރީމް ކޯޓުގެ ފުލް ބެންޗުން މިރެއިން މިރެއަށް ވެސް މުރާޖައާ ކޮށްދެއްވުމަށް އެދިވަަޑައިގަންނަވާ ކަމަށެވެ.
ވަކީލުން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އެއްވެސް މެމްބަރަކު މަޖިލީހުން ވަކި ނުކުރެވޭނެ ކަމަށެވެ. ޚާއްސަކޮށް ޕީޕީއެމުން މިހާރު އަމިއްލަ އަށް ވަކިވެވަޑައިގެންފައިވާ 10 މެމްބަރުންނާއި މީގެ ކުރިން އެ ޕާޓީން ވަކިކޮށްފައިވާ ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
ތަފުސީލް އަންނަނީ...
ސުޕްރީމް ކޯޓުގެ ހުކުމް ރިވިއު ކޮށްދިނުމަށް ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ