ގާނޫނު އަސާސީން އުފެއްދި އެެއްޗަކަށް ގާނޫނު އަސާސީއަށްވުރެ މަތި ނުވެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑީޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.
ފާއިޒު ފޭސްބުކްގައި އޭނާ ދެކިވަޑައިގެންނަވާ ގޮތް ކަމަށް ބުނެ ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓަކީ ގާނޫނު އަސާސީން އުފެދިފައިވާ ތަނެއް ކަމަށެވެ. އެހެންވީމަ އެ ގާނޫނަށްވިރެ ސުޕްރީމް ކޯޓަށް މަތި ނުވެވޭނެ ކަމަށް ފާއިޒު ވިދާޅުވި އެވެ.
ފާއިޒް ވިދާޅުވީ ގާނޫނުއަސާސީ މާނަ ކުރުމުގެ ފުރިހަމަ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށެވެ. އެކަމަކު، ގާނޫނުއަސާސީގައި އޮތް އެއްޗެއް ބަދަލު ކުރުމުގެ އެއްވެސް އިހްތިޔާރެއް ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
<iframe src=”https://web.facebook.com/plugins/post.php?href=https%3A%2F%2Fweb.facebook.com%2Fpermalink.php%3Fstory_fbid%3D1925025501112808%26id%3D100008161305083&width=500″ width=”500″ height=”256″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true”></iframe>
ފާއިޒު މިހެން ވިދާޅުވެފައި މިވަނީ ނިސްބަތްވާ ޕާޓީން ވަކިކުރުމުން ނުވަތަ ވަކިވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމް ކުރުމާއި ގުޅިގެން ކަމަށް ބެލެވެ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅީ ބަންޑާރަ ނައިބު އަހުމަދު އަނިލްއެވެ.
މި މައްސަލަ ކުއްލިގޮތަކަށް ހުށަހެޅީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް ހުށަހެޅި މައްސަލައިގަ އިދިކޮޅު މެންބަރުންނާއި އެކު ޕީޕީއެމްގެ 10 މެންބަރަކު ސޮއި ކުރައްވާ ފައިވާ ދަނޑިވަޅެއްގައި އެވެ.
ސުޕްރީމް ކޯޓަށް ގާނޫނު އަސާސީއަށްވުރެ މައްޗެއް ނުވެވޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ