އދ.ގެ ވޯޓުގައި ރާއްޖެއިން ބައިވެރި ނުވުމަކީ ލަދުވެތިކަމެއް - ރައީސް މައުމޫން

ރޮހިންޔާގައި ހިނގާ ޤަތުލު އާއްމުތައް ހުއްޓުވުމާއި، ނަސްލު ނައްތާލުމާއި ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާއި ޚިލާފު އަމަލުތައް ހުއްޓުވުމުގެ މަސައްކަތް ކުރުމަށް އދ.ގެ އާއްމު ބައްދަލުވުމުގެ އެޖެންޑާގައި ހިމެނުމަށް ނެގި ވޯޓުގައި ރާއްޖެ ބައިވެރިވެފައިނުވުމަކީ ލަދުވެތިކަމެއްކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިޔަންމާގެ ރައްޔިތުންކަމުގައިވާ ރޮހިންޔާ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަަކާއި، ރޮހިންޔާ ނަސްލު ނައްތާލުމަށް ހިންގަމުންދާ ޖަރީމާތަކާއި ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރެއްގައި މަސައްކަތް ކުރަމުންދާއިރު، ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އޮތް ރާއްޖެއިން ޤަތުލު އާއްމުތައް ހުއްޓުވުމާއި، ނަސްލު ނައްތާލުން ފަދަ ކަންކަން އދ.ގެ އާއްމު ބައްދަލުވުމުގެ އެޖެންޑާގައި ހިމެނުމަށް ނެގިވޯޓުގައި ބައިވެރިނުވުމަކީ ލަދުވެތިކަމެއްކަމަށެވެ.
އެވޯޓަކީ ރޮހިންޔާ މުސްލިމުން ހިމާޔަތް ކުރުމަށް ނެގި ވޯޓެއް ނޫންކަމުގައި ދިވެހި ޚާރިއްޖިއްޔާއިން ބުނެ ހަގީގަތް އޮޅުވާލަން މަސައްކަތް ކުރަމުންދާއިރު، ދައުލަތުގެ ބައެއް އިސްވެރިންނަށް މިކަންކަން ނޭނގުމަކީ ހިތާމަކުރައްވާކަމެއްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ