ހައި ކޮމިޝަންތަކުން ބިދޭސީންގެ ބަޔާން ނުނަގަން ސުޕްރީ ކޯޓުން އަންގައިފި

ބޭރު ގައުމުތަކުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން ނުވަތަ އެމްބަސީ އަށް ބިދޭސީން ހާޒިރުކޮށް އެފަރާތްތަކުގެ ބަޔާން ނެގުމަށް ރާއްޖޭގެ ކޯޓުތަކުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި އެދެމުން އަންނަކަން ފާހަގަކުރެވިގެން އެކަން އެގޮތަށް ނުކުރުމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ.
އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ސޮއިކުރައްވައި ސިޓީއެއް މެދުވެރިކޮށް ސުޕްރީމް ކޯޓުން ބުނެފައިވަނީ ބޭރު ގައުމުތަކުގައި ގާއިމްކޮށްފައިވާ ރާއްޖޭގެ އެމްބަސީއަކަށް ބިދޭސީއަކު ހާޒިރުކޮށް ބަޔާން ނެގުމަކީ މިނިސްޓްރީ އަށް ނުވަތަ އެ މިނިސްޓްރީގެ ދަށުން ހިންގާ އެމްބަސީތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ނަމަވެސް ރާއްޖެ އިން ބޭރުގައި ހުންނަ ދިވެހި ހައިކޮމިޝަންތައް މެދުވެރިކޮށް ބިދޭސީންގެ ބަޔާންތައް ނެގުމަށް ކޯޓުތަކުން ފޮރިން މިނިސްޓްރީ އަށް އަންގަމުންދާކަން ފާހަކަކުރެވޭ ކަމަށް ބުނެފައިވެ އެވެ.
ކޮންމެ ގައުމެއްގައި ވެސް ހުންނަ ރާއްޖޭގެ އެމްބަސީގެ ހަތަރު ފާރުގެ އެތެރޭގައި ހިނގާނީ ރާއްޖޭގެ ގާނޫނުތައް ކަމަށް ވާތީ ބިދޭސީއަކަށް ލިބެންޖެހޭ ފުރިހަމަ ގާނޫނީ ރައްކާތެރިކަން އެ ހާލަތުގައި ކަށަވަރު ނުކުރެވޭނެ ކަމަށް ބެލެވިދާނެތީ ބަޔާންތައް ނެގުމަށް ފޮރިން މިނިސްޓްރީގައި ނޭދުމަށް އަންގާ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ