ޑރ. މަޖީދު އިނގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ކުރިމަތިލައްވަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިނގުރައިދޫ ދާއިރާ އަށް ކުރިމަތިލައްވަން އެމްޑީޕީ ސަރުކާރުގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އިނގުރައިދޫ ދާއިރާ އަށް ކުރިމަތިލުމަށްޓަކައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފި އެވެ.
އޭނާ މިއަދު ވިދާޅުވީ އިނގުރައިދޫ ދާއިރާ އަށް ކުރިމަތިލުމަށްޓަކައި، އަންނަ މަހުގެ 24 ގައި ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
ކުރީގެ މިނިސްޓަރު ވިދާޅުވީ އޭނާ ގަބޫލުކުރާ ގޮތުގައި ތަފާތު އެކި ފަންނުތަކުގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަން ޖެހޭނެ ކަމަށެވެ.
މިހާރު އިނގުރައިދޫ ދާއިރާގެ މެމްބަރަކީ ޕީޕީއެމްގެ ހަމްދޫން ހަމީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ