ދައުލަތުގެ މީޑިއާ މިނިވަން ކުރުމަށް ގޮވާލަައި މުޒާހަރާއެއް އުމަރު ޓީމުން ކޮށްފި

23:30- މިރެއަށް މުޒާހަރާ ނިންމާލީ ކަމަށް އިއުލާނު ކުރުމަށް މުޒާހަރާގެ ބައިވެރިން ޓީވީ މޯލްޑިވްސް ކައިރިން ނައްޓާލައިފި އެވެ.
22:48- ޓީވީ ކުރިމަތީގައި މުޒާހަރާ ކުރަމުންދާއިރު އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ބޮޑު ދެޕާޓީގެ އެކްޓިވިސްޓުންގެ މެދުގައި ހިނގަމުންދާ ޒުވާބާއި ހަމަނުޖެހުންތަކެވެ. ފުލުހުން މުޅި ސަރަހަދު ވަށައިލާ އަމަން ބަލަހައްޓަމުންދާއިރު ސްޓާފޯސް ފުލުހުން ތިބީ ތައްޔާރީ ހާލަތުގަ އެވެ.
22:38- އެމްއެންބީސީ ސަރަހައްދުގައި ޕޮލިސް ސްޓާ ފޯސްގެ ސަފުތައް ތައްވަނީ ފުރާލާފަ އެވެ. އެ ސަރަހައްދުގައި އެމްޑީޕީގެ އެކްޓިވިސްޓުންނާއި ޑީއާރްޕީގެ އެކްޓިވިސްޓްގެ މެދުގައި ދަނީ ކުރިމަތިލުންތައް ހިނގަމުންނެވެ.
22:28- މިހާރު މުޒާހަރާ އޮތީ ސޯސަން މަގުގަ އެވެ، ހުރިހާ އެންމެންވެސް ގޮވާލަމުން ދަނީ އެމްއެންބީސީ އަތުން ދައުލަތުގެ މީޑިއާ މިނިވަން ކުރުމަށެވެ.
22:24- މި މުޒާހަރާގައި އެމްބީސީގެ ބޯޑް މެންބަރެއް ކަމަށްވާ ނަހުލާ ވެސް ހިމެނެ އެވެ. ސަން ފޮޓޯގްރާފަރު ނަހުލާގެ ފޮޓޯ ނެގުމުން އިންޒާރު ދިނުމަށް ފަހު ފޮޓޯ ވަނީ ޑިލީޓް ކުރުވާފަ އެވެ. އުމަރުގެ ޓީމުން ރާވާ މުޒާހަރާތަކުގައި މީހުން ބައިވެރިވާ މިންވަރަށްވުރެ މިރޭ މީހުން މަދެވެ. މިހާރު މަޖީދީ މަގުން މުޒާހަރާގެ ބައިވެރިން މިޝްރާބު ޖަހާފައި ވަނީ ސީދާ އެމްއެންބީސީގެ އިމާރާތާ ދިމާއަށެވެ.
22:21- އުމަރު ފެކްޝަނުން ރޭވި މީޑީއާ މިނިވަން ކުރުމަށް ގޮވާ މުޒާހަރާ އާފިޝަލް ބީޗުން ފެށުމަށް ފަހު މަޖީދީ މަގަށް ނުމެއްޖެ އެވެ. މި މުޒާހަރާ ލީޑަރު ކުރަނީ އުމަރު ނަސީރާއި އިލްހާމާއި އަލީ އާރިފާއި މަހުލޫފެވެ އަދި މައުމޫނުގެ ތަރުޖަމާނު މުންދު އެވެ. މުޒާހަރާގެ ބައިވެރިން ގޮވާލަމުންދަނީ މިނިވަން އިންތިހާބެއް ބޭއްވުމަށްޓަކައި އެމްއެންބީސީގެ ކިބައިން އަޑާއި ޓީވީ މިނިވަން ކޮށްދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ