ތަމްރީނަކަށް ސްކޫލް ބަހެއްގައި ބޭއްވި ގޮވާ ޒާތުގެ އެއްޗެއް ސީއައިއޭއަށް ހަނދާން ނައްތާލެވިފައިވޭ: ސީއައިއޭ
ވޮޝިންޓަން (އޭޕްރިލް 3): އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) އިން ވާޖީނިއާގައި މިދިޔަ މަހު ހިންގި ތަމްރީނުތަކުގައި ސްކޫލް ބަހެއްގައި ބޭއްވި ގޮވާ ޒާތުގެ އެއްޗެއް ހަނދާން ނެތިގެން ނުނަނގާ ބޭއްވުނު ކަމަށް ސީއައިއޭއިން އެއްބަސްވެއްޖެ އެވެ. ބުރާސްފަތި ދުވަހު ސީއައިއޭ އިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެމެރިކާގެ އުތުރު ވާޖީނިއާގެ ސްކޫލެއްގެ ބަހުގެ ތެރޭގައި އެ އޭޖެންސީން ގޮވާ ޒާތުގެ އެއްޗެއް ބާއްވާފައި ވަނީ އެޒާތުގެ އެއްޗެހި ހޯދާ ކުއްތާ ތަމްރީނު ކުރަން މާޗް 21ން 24ށް ބޭއްވި ހަރަކާތްތަކެއްގަ އެވެ. "މިދިޔަ ހަފްތާ ތެރޭގައި ހިންގި ތަމްރީނުތަކުގެ ތެރެއިން، ގޮވާ ޒާތުގެ ތަކެތި ހޯދާ ކުއްތާ ތަމްރީނުކުރުން ސްކޫލުގެ އެތެރޭގައާއި ބޭރުގައި ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވޭ. ސްކޫލުގެ ބޭރުގައި ހިންގި ތަމްރީނުތަކުގެ ތެރޭގައި ސްކޫލުގެ ބަހުގެ އިންޖީނު ކޮމްޕާޓުމެންޓު ތެރޭގައި ގޮވާ ޒާތުގެ އެއްޗެއް ފޮރުވި. ފޮރުވި އެތީގެ އެއްބައި އިންޖީނު ކޮމްޕާޓްމެންޓު ތެރެއަށް ވެއްޓުމުން ތަމްރީނުތައް ނިންމާލުމަށް ފަހު އެބައި ނުފެނުނީ،" ސީއައިއޭގެ ބަޔާނުގައިވެ އެވެ. ބަހުގައި އޮތް ގޮވާޒާތުގެ އެތި ފެނުނީ ބަސް މަރާމާތު ކުރުމުގެ ތެރޭގައި ސްކޫލަށެވެ. ސްކޫލުން ބުނާ ގޮތުގައި ގޮވާ ޒާތުގެ އެތި ބަހުގައި އޮއްވާ ސްކޫލުން ވަނީ ދެދުވަހެއްގެ މަތިން ސްކޫލް ކުދިންނާއެކު ބަސް ދުއްވާފަ އެވެ. ސީއައިއޭއިން ވަނީ އެތަމްރީނު ޕްރޮގްރާމް މިހާރު ހުއްޓާލާފައިވާ ކަމަށާއި ތަމްރީނުގައި ބޭނުން ކުރި އަދި ބޭނުން ކުރި ބަސްތަކާ ކައިރީގާއި ހުރި އުޅަނދުތައް ފާސްކޮށްފައިވާ ކަމަށް ބުނެފަ އެވެ. އަދި ތަމްރީނުގައި ބޭނުން ކުރި ހުރިހާ ގޮވާ ޒާތުގެ ތަކެތި ހޯދާފައިވާ ކަމަށް ބުނެފަ އެވެ. (ޕްރެސްޓީވީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ