މަހުލޫފް މައްސަލަ ބެލޭނެ ކަމަށް ހައި ކޯޓުން ޙުކުމްކޮށްފި
ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފުގެ މައްޗަށް ކުރި ރިޝްވަތު ހިފުމުގެ ދަޢުވާ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން ބާތިލުކޮށް، އެ މައްސަލަ ބެލޭނެ ކަމަށް މިއަދު ޙުކުމްކޮށްފިއެވެ. ހައި ކޯޓުގެ ޙުކުމުގައި ވަނީ މަހުލޫފްގެ މައްސަލަ ނުބެލޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ގޯސްކޮށް ކަމަށެވެ. އަދި މަހުލޫފަށް ލިބުނީ ރިޝްވަތުގެ ފައިސާކަން ސާބިތުކޮށްދެވޭވަރުގެ ހެއްކެއް ދައުލަތުން ހުށަހަޅައިފައި ނެތް ކަމަށް ކްރިމިނަލް ކޯޓުން ބުނި ނަމަވެސް، އެ ކޯޓުން މައްސަލަ ބެލިއިރު މަހްލޫފާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށް ހައި ކޯޓުގެ ޙުކުމުގައިވެއެވެ. މަހުލޫފުގެ މައްޗަށް ރިޝްވަތުގެ ދަޢުވާ އުފުލީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، 2014 ވަނަ އަހަރުގެ އޮގަސްޓް 27 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭތީއެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން، ޕްރްސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރީއެވެ. އަދި އެ މައްސަލައިގެ އަޑުއެހުން ހައި ކޯޓުގައި ބޭއްވީ މިދިޔަ އާދިއްތަ ދުވަހެވެ. ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ