މިއުސަމް އައްބާސް
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ބައި އިލެކްޝަން ވެސް އޭޕްރީލް 14 ގައި ބޭއްވުމަށް އިއުލާންކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކާށިދޫ ދާއިރާގެ ބައި އިލެކްޝަނެއް މިއިއުލާންކުރީ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލްހަމީދު އެއް އަހަރާއި ހަ މަސް ދުވަހަށް އަރުވާލުމަށް ކޮށްފައިވާ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކުރުމާއެކު އޭނާ މެމްބަރުކަމުން ވަކިވުމުންނެވެ. ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ތިމަރަފުށި ދާއިރާގެ ގޮނޑިއަށް މެމްބަރަކު އަލުން އިންތިޚާބުކުރުމުގެ ބައި އިލެކްޝަން ވެސް ބާއްވަން ހަމަޖައްސާފައި ވަނީ އޭޕްރީލް 14 ވާ ހޮނިހިރުދުވަހުއެވެ.
ކޮމިޝަނުން މިއަދު ނެރުނު އިއުލާންގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ކާށިދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު ފެބްރުއަރީ 29 ވާ ބުދަދުވަހުގެ ހެނދުނު9:00 އިން ފެށިގެން މާޗް 13 ވާ އާދީއްތަދުވަހުގެ ހަވީރު 3:00 އާ ހަމައަށް ހުޅުވާލާފައިވާނެކަމަށެވެ.
ބައި އިލެކްޝަންގެ ވޯޓު ނެގުމަށް ހަމަޖައްސާފައި ވަނީ އޭޕްރީލް 14 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނިޓް ފަހުންކަމަށާއި ބައި އިލެކްޝަންގެ ރަސްމީ ނަތީޖާ އިއުލާންކުރާނީ އޭޕްރީލް 17 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 ގައި ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
ކާށިދޫ ދާއިރާގެ ބައި އިލެކްޝަން ވެސް އޭޕްރީލް 14 ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ