ކޮންމެ އެއްޗެއް ކިޔަސް ޕީޕީއެމް ބައިބައިނުވާނެ ކަމަށާއި ޕީޕީއެމްއަކީ އެއަށްވުރެ މާ ޑިމޮކްރަޓިކް ޕާޓިއެއް ކަމަށް އެޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ޤައްޔޫމ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނ. ހޮޅުދޫ ހަތަރު ކައުންސިލަރުން ޕީޕީއެމްއަށް ސޮއިކުރުމަށް މިއަދު ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މައުމޫނު ވިދާޅުވީ ޕީޕީއެމްގައި ތިބެން ބޭނުންވާނަމަ ކޮންމެ މެންބަރަކުވެސް އަމަލު ކުރަންޖެހޭނީ ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ކަމަށާއި، ޕާޓީގައި ހުންނަން ބޭނުންނުވާނަމަ ވަކިވެގެން ދިއުމުގެ ފުރުސަތު ކޮންމެ މެންބަރަކަށްވެސް ލިބިގެންވާ ކަމަށެވެ. އަދި މީގެ ކުރިން ވެސް އެޕާޓީން މެމްބަރުން އެހެން ޕާޓީތަކަށް ގޮސްފައިވާ ކަމަށާއި ތަފާތު އެކި ހުށަހެޅުންތައް ހުށަހަޅައިގެން އެހެން ޕާޓީތަކަށް މެމްބަރުން ގޮސްފައިވާ ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
ޕީޕީއެމްއަކީ ވަކި މީހަކަށް ހަދާފައިވާ ޕާޓިއެއް ނޫން ކަން ހާމަކުރައްވާ މައުމޫން ވިދާޅުވީ އުމަރު ނަސީރާއި މައުމޫނަކީ ޕީޕީއެމް އުފެއްދި މީހުން ކަމަށް ބުނެ އެ ކްރެޑިޓް ނުނެގޭނެ ކަމަށާ ޕީޕީއެމްއަކީ އެއަށްވުރެ ޑިމޮކްރެޓިކް އަދި ގިނަ ބައެއްގެ މަސައްކަތުން އުފެއްދި ޕާޓީއެއް ކަމަށެވެ.
މައުމޫން ވިދާޅުވީ ރިޔާސީ އިންތިހާބާ ހަމައަށްވެސް އަދި އޭގެ ފަހުންވެސް ޕީޕީއެމް އޮންނާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ.
"ޕާޓީގައި ހުންނާނީ އެންމެ ލީޑަރެއް. ޕާޓީގައި އޮންނާނީ އެންމެ ޒައާމަތެއް. އެހެންވީމާ އަސާސީ ޤަވައިދަށް ހުރިހާ ފަރާތްތަކަކުންވެސް އިހްތިރާމް ކުރަންޖެހޭނެ" މައުމޫން ވިދާޅުވިއެވެ.
އުމަރު ނަސީރުގެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ހުށަހެޅި އެމައްސަލަ ބަލަމުންދާތީ އުމަރުގެ މައްސަލައިގައި އެއްވެސް އެއްޗެއް ވިދާޅުވުމަށް މައުމޫން މިއަދު ވަނީ އުޒުރުވެރިވެވަޑައިގެންފައެވެ.
ވަކި މީހަކު ނެތުމަކުން ޕާޓީ ބައިބައިވެގެން ނުދާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ