ކަރަންޓްގެ މައްސަލައިގައި ތ. އޮމަދޫގައި ރައްޔިތުން ހިތްހަމަ ނުޖެހިގެން އިއްޔެއިން ފެށިގެން މުޒާހަރާ ކުރުމަށްފަހު މިއަދު ނުކުމެ ކައުންސިލް އިދާރާ އާއި، ސިއްހީ މަރުކަޒުގެ އިތުރުން އިންޖީނުގޭގެ އިމާރާތް ބަންދުކޮށްފި އެވެ.
ކައުންސިލްގެ ރައީސް އަބްދުﷲ ޝާއިރު ވިދާޅުވީ އެތަންތަން ބަންދު ކުރުމަށްފަހު ރައްޔިތުން އެއްވެ ތިބީ ރަށު ސްކޫލް ކައިރީގައި ކަމަށާއި އެ މީހުން ޑިމާންޑް ކުރަމުން ދަނީ ރަށުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ކަމަށެވެ.
ކައުންސިލް އިދާރާގެ މުވައްޒަފަކު ބުނީ އެއްވި މީހުންގެ ތެރެއިން ބައެއް މީހުންގެ ކައުންސިލް އިދާރާގެ ކުރިމަތީގައި ކެއްކުމާއި ކެއުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.
އޮމަދޫ ރައްޔިތުން ރުޅިގަދަވީ އެ ރަށުގެ އިންޖީނުގޭގައި ހުރި ދެ އިންޖީނުން އެއް އިންޖީނު ހަލާކުވެ އެރަށުން ކަރަންޓް ކެނޑިފައި އޮންނަތާ ހަތަރު ދުވަސް ވެގެނެވެ. އެ މައްސަލައިގައި އިއްޔެ އާއި ރޭވެސް އޮމަދޫގައި މުޒާހަރާ ކުރި އެވެ. ރޭގެ މުޒާހަރާ ހުއްޓާލީ އެކަމަށް އެކަށީގެންވާ ޖަވާބެއް ކައުންސިލް ހޯދައިދޭނެ ކަމަށް ބުނެގެނެވެ. މިއަދު ރައްޔިތުން ނުކުމެ އިދާރާތައް ބަންދު ކުރީ އެ ޖަވާބު ލިބިފައިނުވާ ކަމަށް ބުނެ އެވެ.
އޮމަދޫ އިންޖީނުގެއަކީ ފެނަކައިގެ ދަށުން ހިންގާ ތަނެކެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ މި މައްސަލައާ ގުޅިގެން ފެނަކައިގެން ޖަވާބެއް މިހާތަނަށް ވެސް ނުލިބޭ ކަމަށެވެ.
"މައްސަލަ ހައްލު ކުރުމަށްޓަކައި ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ފެނަކަ ކޯޕަރޭޝަނާއި ގުޅޭތޯ މަސައްކަތް ކޮށްގެން ގުޅޭގޮތް ނުވި. ނަމަވެސް އެ ކޯޕަރޭޝަންގެ ބޭފުޅަކު އޮމަދޫއަށް ފޮނުވާފައި އެބަ ހުރި،" އޭނާ ވިދާޅުވި އެވެ. "ފަނަކަ ކޯޕަރޭޝަނުން ބޭފުޅަކު ފޮނުވިއަސް މައްސަލަ ހައްލެއް ނުވާނެ. މައްސަލަ އަށް ހައްލެއް ލިބޭނީ އިންޖީނަށް ބޭނުންވާ ސްޕެއާ ލިބިގެން،"
އޮމަދޫ ކައުންސިލާއި ސިއްހީ މަރުކަޒާއި ސްކޫލް ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ