ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމުގައި ގެންގުޅުއްވާނެ އުސޫލުތަކާއި ގޮތްތައް އާންމުންނާ ހިއްސާކުރެއްވުމަށްޓަކައި ދެ ބޭފުޅުންގެ ބަހުސްއަކަށް ވަޑައިގެންދެންވުމަށް ޕީޕީއެމުގެ ޕްރައިމަރީގައި ވާދަކުރައްވާ އަބުދުﷲ ޔާމީނަށް އުމަރު ނަސީރު ދައުވަތު ދެއްވައިފިއެވެ.
އުމަރުގެ ޓީމުން މިރޭ ހެދިގޮނޑުދޮށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ޕީޕީއެމުގެ ޕްރައިމަރީގައި ވާދަކުރައްވާ ދެބޭފުޅުންކަމަށްވާ އުމަރަށާއި ޔާމީނަށް ދިޓީވީ އާއި ވީޓީވީން ދައުވަތު ދެއްވާފައިވާކަމަށާއި ނަމަވެސް މިހާތަނަށް އެނގިވަޑައިގެންފައިވާގޮތުން ނަމަ ޔާމީނު އަދިވެސް ބަހުސްއަށް ވަޑައިގެންނެވުމަށް އެއްބަސްވެވަޑައިނުގަންނަވާކަމަށެވެ.
"ބަހުސްއަށް ދެއްވި ދައުވަތު ޔާމީނު އަދި ގަބޫލުފުޅުނުކުރައްވާކަމަށްވަނީ. ނަމަވެސް އަޅުގަނޑު މިހުރިހާ ކޮންމެ ޓީވީއަކަށް ގޮސްގެންވެސް ބަހުސްގައި ޔާމީނާއެކު ބައިވެރިވާން ތައްޔާރަށް. އަޅުގަނޑު ޔާމީނަށް ގޮވާލައްވަން ބަހުސްއަށް ވަޑައިގެންނެވުމަށް،" އުމަރު ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި އުމަރު ވަނީ އޭނާއަށް ޕްރައިމަރީގައި ވޯޓްދެއްވަން ޖެހޭ ސަބަބުތައް ތަކުރާރުކުރައްވާފައެވެ. އުމަރު ވިދާޅުވިގޮތުގައި އޭނާއަށް ވޯޓް ދެއްވަންވީ އިންސާފުވެރިކަމާއެކު ހަމަހަމަކަމާއެކު ކަންކަން ކުރާނެތީ އާއި އަމާނަތްތެރިވާނެތީ އާއި ގައުމަށް ހިޔާނަތްތެރިނުވާނެތީ އެވެ. އެ ނޫންވެސް ގިނަ ސަބަބުތަކެއް އުމަރުވަނީ ވިދާޅުވެފައެވެ. އެގޮތުން ޔާމީނަކީ މައުމޫނުގެ ކޮއްކޯފުޅަކަށްވުމުން ވޯޓް ދޭން ޖެހޭ ސަބަބެއްނެތް ކަމަށާއި ނަމަވެސް އެއީ ޔާމީނަށް ވޯޓް ދެއްވާނެ ސަބަބެއްކަމަށް އުމަރު ވިދާޅުވިއެވެ.
އާންމު ޑިބޭޓަކަށް އުމަރާއެކު ވަޑައިގެންނެވުމަށް ޔަމީނަށް އުމަރު ދައުވަތު ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ