ހައިހޫނުކަމުގައި އޮތް ފަލަސްތީނުގެ ގައިދީއާ މެދު އިޒްރޭލުގެ ސްޕްރީމް ކޯޓުން ގޮތެއް ނިންމަނީ

ގުދުސް (ޖެނުއަރީ 27) - އެއްވެސް ޝަރީއަތަކާ ނުލައި އިޒްރޭލުން ބަންދުކޮށްފައި ހުރި ފަލަސްތީނުގެ ނޫސްވެރިޔާ މުހައްމަދު އަލް ގީގު ކުރަމުންދާ ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން އޭނާ ދޫކޮށްލުމާ މެދު އިޒްރޭލުގެ އެންމެ މަތީ ކޯޓުން މިއަދު ގޮތެއް ނިންމާނެ ކަމަށް އޭނާގެ ވަކީލް ބުނެފި އެވެ. އަލް ގީގުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން އޭނާ މަރުވެދާނެ ކަމުގެ ބިރު ބޮޑު ކަމަށް އޭނާގެ އަންހެނުން ފައިހާ ސަލާޝް ވެސް ވަނީ ބުނެފަ އެވެ. އަލް ގީގު ހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާތާ މިހާރު 62 ދުވަސްވެއްޖެއުމުރުން 33 އަހަރުގެ އަލް ގީގަކީ ދެ ކުދިންގެ ބައްޕައެއް އަލް ގީގު މަސައްކަތް ކުރަނީ ސައުދީ އަރަބިއާގެ އަލްމަޖްދު ޓީވީގެ ރިޕޯޓަރަަކަށްއަލް ގީގު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަން ފެށީ ނޮވެމްބަރު 25 ވަނަ ދުވަހުއަލް ގީގު މީގެ ކުރިން ވެސް ވަނީ ތިން ފަހަރަށް ބަންދުކޮށްފައިއަލް ގީގު ހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާތާ މިހާރު 62 ދުވަސްވެއްޖެ އެވެ. އިޒްރޭލުން މިދިޔަ ޖުލައި މަހު ފާސްކުރި ގާނޫނެއްގައިވާ ގޮތުން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރާ ގައިދީންނަށް ބައެއް ހާލަތްތަކުގައި ގަދަކަމުން ކާންދެވިދާނެ އެވެ. އަލް ގީގުގެ ވަކީލް ޖަވާދު ބޫލަސް ބުނީ އަލް ގީގު ދޫކޮށްލުމާ މެދު ގޮތެއް ނިންމުމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުން މިއަދު ބައްދަލު ކުރާނެ ކަމަށެވެ. ވަކީލް ބުނީ އަލް ގީގުގެ ބައެއް ގުނަވަންތައް މިހާރު ފޭލްވާން ކައިރިވެފައިވާ ކަމަށެވެ. އަދި ކޯޓުގައި މިއަދު އޮންނަ އަޑު އެހުމަށް ހާޒުވެވޭ ވަރަށް ވުރެ އަލް ގީގުގެ ބަލި ހާލު ބޮޑު ކަމަށް ވެސް ވަކީލް ބުންޏެވެ. އިޒްރޭލުގެ ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާ އަލް ގީގުގެ އަންހެނުން (މ) އޭނާގެ ކުޑަ ދަރިފުޅު ގޮވައިގެން އަދި އަލް ގީގުގެ ބައްޕައާ އެކު އުމުރުން 33 އަހަރުގެ ދެ ކުދިންގެ ބައްޕައެއް ކަމަށްވާ އަލް ގީގަކީ ސައުދީ އަރަބިއާގެ އަލްމަޖްދު ޓީވީގެ ރިޕޯޓަރެކެވެ. މިދިޔަ ނޮވެމްބަރު މަހު އަލް ގީގު ހައްޔަރު ކުރީ ހުޅަނގު އައްސޭރީގެ ރާމުﷲ ގައި ހުންނަ އޭނާގެ ގެއިންނެވެ. ޑިސެމްބަރު މަހު މެދުތެރޭ، އިޒްރޭލުން ވަނީ އޭނާ އިދާރީ ގޮތުން ބަންދުކޮށްފަ އެވެ. އިދާރީ ބަންދެއްގައި ޝަރީއަތަކާ ނުލައި ހަ މަސް ދުވަސްވަންދެން ބަންދުކޮށްގެން ގުންގުޅެ އެވެ. އަލް ގީގު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަން ފެށީ ނޮވެމްބަރު 25 ވަނަ ދުވަހު އެވެ. އޭނާ މިހާރު އޮތީ އިޒްރޭލުގެ މެދުތެރޭގައި ހުންނަ ރާމްލީ ޖަލުގެ ހޮސްޕިޓަލުގަ އެވެ. ކިޔަވާ ކުދިން ކުރި ހަޅުތާލަކާ ގުޅިގެން އަލް ގީގު ވަނީ 2008 ވަނަ އަހަރު 16 މަސް ދުވަހަށް ޖަލަށް ލައިފަ އެވެ. އޭގެ ކުރިން އޭނާ ވަނީ 2003 ވަނަ އަހަރު، އެއް މަހަށް އަދި ހަމާސްއާ ގުޅުން ހުރި ހަރަކާތްތަކެއްގައި ބައިވެރިވެގެން 2004 ވަނަ އަހަރު 13 މަހަށް ޖަލުގައި ބަންދުކޮށްފަ އެވެ. އަލް ގީގުގެ ހާލު ވަރަށް ދެރަ. އޭނާއަކަށް ވާހަކައެއް ނުދެއްކޭ. އަދި ބަލި ހާލު ބޮޑުވުމުން ވަކީލް ވެސް ދެނެގަނެވޭ ވަރެއް ނުވޭ،-- އަލް ގީގުގެ އަންހެނުން ފައިހާ އިޒްރޭލުގެ ސިކިއުރިޓީ އެޖެންސީ، ޝިން ބެއިތުން ބުނީ އަލް ގީގު ހައްޔަރު ކުރީ ހަމާސް ޖަމާއަތާ ގުޅިގެން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭތީ ކަމަށެވެ. އެކަމަކު އަލް ގީގުގެ އަންހެނުން ފައިހާ އޭއެފްޕީ އަށް އިއްޔެ ބުނީ އަލް ގީގު ހައްޔަރު ކުރީ އެއްވެސް ކުށަކާ ލައިގެން ނޫން ކަމަށެވެ. އޭނާގެ ކުށެއް ކަމަށް އިޒްރޭލުން ބުނަނީ ހުޅަނގު އައްސޭރީގެ ހާލަތު ކަވަރު ކުރުން ކަމަށް ވެސް ފައިހާ ބުންޏެވެ. "އަލް ގީގުގެ ހާލު ވަރަށް ދެރަ. އޭނާއަކަށް ވާހަކައެއް ނުދެއްކޭ. އަދި ބަލި ހާލު ބޮޑުވުމުން ވަކީލް ވެސް ދެނެގަނެވޭ ވަރެއް ނުވޭ،" ފައިހާ ބުންޏެވެ. އިޒްރޭލުގެ ޖަލުތަކުގައި ބަންދުކުރާ ފަލަސްތީނު މީހުން ދޭތެރެ ދޭތެރެއިން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރެ އެވެ. އިޒްރޭލުން ނުހައްގުން ބަންދު ކުރުމުން އެކަމާ ދެކޮޅަށް 56 ދުވަސް ވަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރި ފަލަސްތީނުގެ ގައިދީ ޚަދަރު އަދުނާން މިދިޔަ ޖުލައި މަހު 12 ވަނަ ދުވަހު ވަނީ މިނިވަންކޮށްފަ އެެވެ. އަދި އުމުރުން 31 އަހަރުގެ މުހައްމަދު އައްލާން ކުރަމުން ދިޔަ ހައިހޫނު ކަމުގެ ހަޅުތާލު ދެ މަހަށް ފަހު، ނިމުމަކަށް ގެނައީ އޭނާ ބަންދުން ވީއްލުމުންނެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ