ބައްޕަގެ އަތުން ގާޒީ ވަލީ ނެގުމުން ހަމަނުޖެހުން ހިންގައިފި

ގއ. ވިލިނގިލީގައި ޒުވާން ދެ ކުއްޖަކު އާއިލާގެ ނުރުހުމުގައި ކައިވެނިކުރަން އުޅުމުން އަންހެން ކުއްޖާގެ އާއިލާ އިން ކޯޓު ތެރޭގައި ހަމަނުޖެހުން ހިންގައިފި އެވެ. އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ މައްސަލަ ހޫނުވީ ގާޒީއާ ވަލީ ހަވާލުކުރަން ކޯޓުން އަމުރުކުރުމުން ވެސް އެކަން ނުކުރުމުން ބައްޕަގެ އަތުން މިއަދު ގާޒީ ވަލީ ނެގުމާ ގުޅިގެން ކަމަށެވެ. "އަންހެން ކުއްޖާގެ އާއިލާގެ މެންބަރުން ކޯޓަށް ވަދެ އެ ކުއްޖާ ގެންދަން މަސައްކަތްކުރުމުން ހަމަނުޖެހުން ހިނގީ،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. ފުލުހުން ބުނީ ވިލިނގިލީ ކޯޓު ކައިރީގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެއީ 27 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ކޯޓުގައި މިއަދު އެ ގަޑީގައި އެފަދަ އެހެން މައްސަލައެއް ވެސް ކުރިއަށް ދިޔަ ކަމަށެވެ. އެ ގޮތުން އާއިލާގެ ނުރުހުމުގައި ކައިވެނިކުރަން އުޅުނު އަންހެންކުއްޖެއްގެ ވަލީ 48 ގަޑިއިރުގެ ތެރޭގައި ގާޒީއާ ހަވާލުކުރުމަށް އޭނާގެ ވަލީވެރިޔާގެ މައްޗަށް ކޯޓުން މިއަދު އަމުރު ނެރެފައިވާ ކަމަށް އޭނާ ބުންޏެވެ. މި މައްސަލާގައި ކޯޓުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ