ދުނިޔޭގެ އެންމެ ކުރު މަންމަ ހޯދާ ދަރިންގެ ލިސްޓް ދިގުވަނީ

އަމިއްލަ ދަރިފުޅު އުރާލައިގެން ގެންގުޅުމަކީ މަންމައަކަށް ލިބޭނެ އެންމެ ބޮޑު އެއް އުފަލާއި ހިތްހަމަޖެހުމެވެ. ނަމަވެސް ތިން ކުދިންގެ މަންމައެއް ކަމަށްވާ ސްޓޭސީ ހެރަލްޑަށް އެ އުފާ ލިބެނީ ނިކަން މަދު ދުވަސްކޮޅަކަށެވެ. އެކަމާ އޭނާ ވަރަށް ހިތާމަކުރެ އެވެ.އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އުތުރު ކެންޓަކީގައި ދިރިއުޅޭ، ޢުމުރުން 35 އަހަރުގެ ސްޓޭސީ ހެރަލްޑަކީ ދުނިޔޭގައި ހުރި އެންމެ ކުރު މަންމަ އެވެ. އިސްކޮޅުގައި ދެ ފޫޓު ހަތަރު އިންޗި ނުވަތަ 28 އިންޗި ހުންނަ ސްޓޭސީގެ ދަރިފުޅު އޭނާއަށްވުރެ ކުރީ އެންމެ 10.5 އިންޗި އެވެ.ސްޓޭސީ އަކީ އުފެދުމުގައި ވެސް އޮސްޓިއޯޖެނެސިސް އިމްޕަރފެކްޓާ ހުރި މީހެކެވެ. މިއީ، ކަށިގަނޑު ބަލިކަށިކޮށްލާ ބައްޔެކެވެ.ސްޓޭސީ ބަލިވެއިނުމުގެ ކުރިން ޑޮކްޓަރުން ބުނަމުންދިޔައީ، އޭނާގެ ހަށިގަނޑު އެކަމަށް މާ ބަލިކަށި ކަމަށެވެ. އެހެންވެ ސްޓޭސީ ބަލިވެއިނުމުން ވެސް، އެބޯޓް ކުރުމަށް ޑޮކްޓަރުން ބާރުއެޅި އެވެ. އަދި އޭނާގެ ބަނޑު ކުޑަވުމުގެ ސަބަބުން، ދަރިފުޅު ބަނޑުތެރޭގައި ބޮޑުވަމުންދާއިރު، އޭނާގެ ފުއްޕާމެއަށް އޭގެ އަސަރުކޮށް، ސްޓޭސީ އާއި ދަރިފުޅުގެ ފުރާނައަށް ވެސް ނުރައްކާވެދާނެ ކަމަށް ޑޮކްޓަރުން ބުނަމުންދިޔަ އެވެ. އެހެން ނަމަވެސް ސްޓޭސީ އެކަމަށް އެއްބަހެއްނުވި އެވެ.ތަގުދީރު ނިޔާކުރި ގޮތުން ސްޓޭސީގެ ފުރަތަމަ ދަރިފުޅު، ކަޓީރާ އަސް ވެސް ވަނީ އޭނާގެ މަންމައަށް ޖެހިފައިވާ ބަލި ޖެހިފަ އެވެ. ނަމަވެސް ކަޓީރާ އުފަންވީތާ 15 މަސް ފަހުން އުފަންވި އޭނާގެ ދެވަނަ ދަރިފުޅު، މަކައިއާ އަށް އެކަން ވާރުތަވެފައެއްނުވެ އެވެ.ދެ އަންހެން ކުދިން ވިހެއުމަށްފަހު، ފިރިހެން ކުއްޖަކަށް އުންމީދުކުރަމުންދިޔަ ސްޓޭސީ އާއި ފިރިމީހާ ވިލް ހެރަލްޑްގެ ހުވަފެނުގައި ޙަޤީޤި ކުލަ ޖެހިގެން ދިޔައީ، އެމީހުންގެ ދެ ވަނަ ދަރިފުޅު ވިހޭތާ ތިން އަހަރު ފަހުންނެވެ. ނަމަވެސް، ޑޮކްޓަރުންގެ ލަފާގެ މަތިން އޭނާގެ ތިން ވަނަ ދަރިފުޅު، މަލާޗީ، ވިހައިފައި ވަނީ ދުވަސް ފުރުމުގެ އެއް މަސް ކުރިންނެވެ.ސްޓޭސީ ބުނާގޮތުން އޭނާއަށް އޭނާގެ ދަރިންނަށްޓަކައި ނުކުރެވޭނެ ހަމައެކަނި ކަމަކީ، އެ ކުދިން އުފުލައިލާ, އުރައިގެން އުޅުމެވެ. އެ ކުދިން މާ އަވަހަށް، މަންމަ އަށްވުރެ ބޮޑުވަނީ އެވެ.ނަމަވެސް ސްޓޭސީގެ ފިރިމީހާ ބުނަނީ މިހެންނެވެ. ''ސްޓޭސީ އަކީ ވަރަށް ރަނގަޅު މަންމައެއް. އަދި އޭނާގެ ދަރިންނަށްޓަކައި އެހެން މަންމައެއް ބޭނުމެއްނުވޭ.''
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ