ގާސިމް ނަހުލާއާ އެންމެ ގިނައިން މުޚާތަބު ކުރައްވާ ދެނަމަކީ "ދޫނި" އަދި "ކަނބާ އައިޝާ"

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ވެސް ފާހަގަކޮށްލެވޭ ޖޯޑުތަކެއް އެބަތިއްބެވެ. އޭގެ ތެރެއިން މީހުންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައި ވަނީ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ (އައިޝާ) އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދައިރާގެ މެންބަރު ގާސިމް އިބްރާހިމް އަށެވެ.
ގާސިމް އައި ނަހުލާގެ ޒަވާޖީ ހަޔާތަށް 6 ބެއިން މިހާތަނަށް ލިބިފައިވެއެވެ. ގާސިމްގެ ދެކަނބަލުންގެ ބައެއް ވާހަކަތަކުންނާއި އަދި ބައެއް ހަރަކާތްތަކުން ފެނިފައިވާ ގޮތުގައި އެދެކަނބަލުންނަކީ އެކަކު އަނެކަކަށް ގަދަރުކޮށް ލޯބިކުރާ ދެކަނބަލުންނެވެ.
މިނިސްޓަރ ނަހުލާ ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ޕްރެޒެންޓަރ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ގާސިމް އެކަމަނާ އާއި އެންމެ ގިނައިން މުހާތަބު ކުރައްވަނީ "ދޫނި" ނުވަތަ "ކަނބާއައިސަ"ގެ ނަމުން ކަމަށެވެ.
މީގެ އިތުރުންވެސް ނަހުލާ ވަނީ މިހާތަނަށް ހިއްސާކޮށްފައި ނުވާ ގިނަ މައުލޫމާތުތަކެއް އެ ޕްރޮގްރާމްގައި ހިއްސާކޮށްފައެވެ. އެތުން ނަހުލާ ވަނީ ގާސިމް އާއި އަލަށް ދިމާވި ގޮތް ހިއްސާކޮށްފައެވެ. ނަހުލާ ވިދާޅުވީ ގާސިމްއާ އަލަށް ދިމާވީ ވިލާ ކުންފުނީގެ ކުރީގެ ހެޑް އޮފީހުން އެކަމަނާގެ ދޮންބައްޕަ އާއި އެކު ވަޑައިގަތް ފަހަރަކު ކަަމަށެވެ. އަދި އެންމެ ފުރަތަމަ ކައިވެނި ކުރުމަށް އެދިވަޑައިގަތީވެސް ގާސިމް ކަމަށް ނަހުލާ ވަނީ ވިދާޅުވެފައެވެ.
ނަހުލާ ވިދާޅުވި ގޮތުގައި ބިޒީކޮށް ދުވަސްތައް ހޭދަކުރެއްވި ނަމަވެސް އާއިލާ އަށް އެކަމަނާ ވަގުތު ދެއްވައެވެ. މިނިސްޓަރ ނަހުލާ ވިދާޅުވީ ކުދިންނާ އެކު ވަގުތު ހޭދަކޮށް އެކުގައި ފޮޓޯ ނަންގަވައި ހަދާކަމަށެވެ. އަދި އާއިލާގެ ހާއްސަ ދުވަސްތައް ފާހަގަކުރާކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ