ސުނާމީއާ ގުޅިގެން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައި އޮތީ ގެދޮރު އަލުން ބިނާކުރުމުގެ މަސައްކަތަށް: ރައީސް

ސުނާމީ ހާދިސާގައި ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން މި ވޭތުވެދިޔަ ހަތް މަސް ދުވަހު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައި އޮތީ އަދި މިހާރު ވެސް ދޭން ޖެހިފައިވަނީ އެ ވަސީލަތްތައް އަލުން ބިނާކުރުމުގެ މަސައްކަތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމުން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި އިއްޔެ ގައުމާ މުޚާތަބު ކުރައްވަމުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެންމެ ގިނަ އަދަދަކަށް ގެދޮރު އަލުން އިމާރާތް ކުރަން ޖެހިފައިވާ ރަށްރަށުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް، ޓެންޑާ އުސޫލުން ހޯއްދެވުމުގެ މަސައްކަތްތައް މިހާރު ފައްޓަވާފައިވާކަމަށެވެ. މި މަޝްރޫއުގެ ދަށުން 50 ރަށެއްގައި ޖުމްލަ 500` 2 ވަރަކަށް ގެ އަލަށް އިމާރާތް ކުރެވޭނެ ކަމުގައި ވިދާޅުވި އެވެ. އަދި ގެދޮރު މަރާމާތު ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން، 76 ރަށެއްގައި ޖުމްލަ 500` 4 ވަރަކަށް ގެ މަރާމާތު ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށާއި، އޭގެ ތެރެއިން މިހާތަނަށް، 516 ގެއެއްގެ މަސައްކަތް ވަނީ މުޅިން ނިމިފައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ރަށްރަށް އާބާދުކުރެއްވުމުގެ މަސައްކަތާއި، ތަރައްގީގެ ފުރުސަތު ބޮޑު ރަށްރަށަށް ދިރިއުޅުން ބަދަލުކުރަން އެދޭ މީހުން ބަދަލުކުރުމަށް ހިންގާ މަޝްރޫއުގެ މަސައްކަތްތައް ވެސް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ. އަދި ޑިސެމްބަރު 26 ވަނަ ދުވަހާއި އޭގެ ފަހުން ރާއްޖޭގެ ރައްޔިތުން ދައްކައިފައިވާ ޖަމާއަތުގެ ރީތި ރޫހު، ހުރިހާ ފަރާތްތަކަކުން މި މަސައްކަތުގައި ވެސް ދައްކަމުން ގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ވެސް މިނިވަން ދުވަހުގެ މި ޚިތާބުގައި ރައީސް ވިދާޅުވެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ