ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝިދު، މިހާރު ކުޅުދުއްފުއްޓަށް ކުރަމުންވަމުން ގެންދަވާ ދަތުރުގައި އޭނާ އިންނެވި ކަމަށް ބުނާ ކާރު އެކްސިޑެންޓް ވެއްޖެ އެވެ.
 
ހޮނިހިރު ދުވަހު "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެމުން ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ބުނީ އެ އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންގެ މީޑިއާއަށް ހިއްސާކޮށްފައިވާނެ ކަމަށެވެ. އިތުރު އެއްވެސް މައުލޫމާތެއް ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ނުދެ އެވެ.
 
ފުލުހުންގެ މިޑިއާއަށް ގުޅުމުން ފޯނަށް ޖަވާބު ދީފައިނުވާތީ ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
 
އެ އެކްސިޑެންޓާ ގުޅިގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓެއް ވެގެން މީހަކަށް ފަރުވާ ދެމުންދާ ކަމަށާއި އިތުރު ފަރުވާއަށް އޭނާ މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ފަރުވާދެމުންދާ މީހާގެ ފުރާނަށް ގެއްލުންވާފަދަ ކަމެއް ނެތް ކަމަށާއި ގެއްލުން ވެފައިވަނީ އެކްސިޑެންޓްވި މީހާގެ ފަޔަށް ކަމަށެވެ.
 
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގާފައި ވަނީ ހޮނިހިރު ދުވަހު ހެނދުނު ގާތްގަނޑަކަށް 11:00 ޖަހާއިރު ކުޅުދުއްފުށީ ހަސަނާތު މިސްކިތް ކައިރީގައި ސައިކަލަކާ ކާރެއް ޖެހިގެންނެވެ.
 
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގާފައިވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ ސައިކަލް ދުއްވަން އިން މީހާއަށް ކަމަށް ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ