އަންނަ އަހަރުގެ ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލްގެ އިންތިހާބު ދެ މަސްދުވަހަށް ފަސްކުރުމަށް، ޕީޕީއެމްއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ވަނުމަށް، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހުށަހެޅި ހުށަހެޅުން ސިވިލް ކޯޓުން ބަލައިގެންފިއެވެ.
ޕީޕީއެމްގެ ފަރާތުން އިންތިހާބު ފަސްކުރަން ކޯޓަށް ހުށައެޅީ، އެ ޕާޓީގައި ދެ ފެކްޝަން އުފެދި ޕާޓީ ހިންގަން އުނދަގޫތަކެއް ދިމާވުމުގެ ސަބަބުން، އިންތިހާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތަށް ވެފައިނުވާ ކަމަށް ބުނެއެވެ.
ސިވިލް ކޯޓުން ވަނީ އެ މައްސަލައަށް މާދަމާ ހެނދުނު 10:30 އަށް ކޯޓަށް ހާޒިރުވުމަށް މައުމޫންއަށް އަންގައި މިއަދު ޗިޓް ފޮނުވާފައެވެ.
އިދިކޮޅު އެމްޑީޕީން ވެސް އެ މައްސަލައިގެ ތެރެއަށް ވަދެފައިވާއިރު، އެމްޑީޕީން ބުނީ މި މައްސަލައިގެ ތެރެއަށް ވަނުމަށް ނިންމީ، ވަކި ތާރީހުތަކެއްގައި ކަންތައްތަކެއް ކުރުމަށް، ލާޒިމްކޮށްފައިވަނިކޮށް އެ ނޫން ގޮތަކަށް އަމަލުކޮށްފިނަމަ، އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކަކާއި ކުރިމަތިލާންޖެހޭނެ ކަމަށް ފެންނާތީ ކަމަށެވެ.
ކައުންސިލް އިންތިހާބު އިލެކްޝަންސް ކޮމިޝަނުން ބޭއްވުމަށް ނިންމާފައިވަނީ، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.
އަންނަ އަހަރު ބާއްވާނީ ކައުންސިލްތައް ހޮވުމަށް ރާއްޖޭގައި ބާއްވާ ތިން ވަނަ އިންތިޚާބެވެ. ކައުންސިލްތައް އަލުން އިންތިޚާބު ކުރާއިރު ކައުންސިލަރުންގެ އަދަދު ވަރަށް ބޮޑަށް މަދުވެގެން ދާނެއެވެ.
އިންތިޚާބު މައްސަލައިގެ ތެރެއަށް މައުމޫން ވެސް ވަދެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ