ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފައްދަވަން މަސައްކަތް ކުރައްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ތަރުޖަމާނަކަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު އިއްޔެ ހަމަޖައްސައިފި އެވެ.
އިދިކޮޅު އިއްތިހާދާއި ޒެޑް ފެކްޝަންގެ ތަރުޖަމާނެއްގެ ގޮތުގައި ވެސް ހުންނެވި މަހުލޫފު ވިދާޅުވި ގޮތުގައި މައުމޫން އުފައްދަވާ ޕާޓީގެ ތަރުޖަމާނަކަށް އޭނާ ހަމަޖެއްސެވީ އެ ޕާޓީ އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކޮމެޓީންނެވެ.
"މި ޕާޓީ ރަޖިސްޓްރީ ކުރެވެންދެން ތަރުޖަމާނެއްގެ ގޮތުގައި އަޅުގަނޑު މި ހަމަޖެއްސީ. ޕާޓީ ރަޖިސްޓްރީ ކުރެވުނީމަ ދެން އޭގެ ފަހުން ގޮތެއް އިނގޭނީ،" މަހުލޫފު ވިދާޅުވި އެވެ.
ޕީޕީއެމް އުފެއްދުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ހުށަހަޅާފައިވާއިރު އެ ކޮމިޝަނުން ބުނެފައި ވަނީ ތިން ދުވަސް ތެރޭގައި ވަކި އެއްޗެއް އަންގާނެ ކަމަށެވެ.
މައުމޫން ޕާޓީގެ ތަރުޖަމާނަކަށް މަހުލޫފު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ