ފެނަކައުގެ އައްޑޫ ސިޓީ ހިތަދޫ ބްރާންޗްގައި މަސައްކަތްކުރާ ދެ މުވައްޒަފަކު ކަރަންޓްގައި ޖެހި އެކަކު ސީރިއަސް ހާލަތުގައިވާކަމަށް މައުލޫމާތުލިބިއްޖެއެވެ.
ކަރަންޓުގައި ޖެހުނު 2 މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު އެއިގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމުން އެމީހާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ.
މައުލޫމާތުލިބިފައިވާގޮތުގައި މިހާދިސާގައި ކަރަންޓުގައި ޖެހުނީ ފެނަކައިގެ ހިތަދޫ ބްރާންޗުގައި ޓެކްނީޝަނުންގެ ގޮތުގައި މަސައްކަތްކުރާ މުހައްމަދު ނާޒިމާއި މުހައްމަދު މުނައްވަރެވެ.
މިދެމީހުން ގައޮގައި ކަރަންޓު ޖެހުނީ ހިތަދޫ ސްޓޭޑިއަމަށް ކަރަންޓު ދިނުމުގެ މަސައްކަތުގައި އުޅެނިކޮށެވެ.
އައްޑޫ ފެނަކައިގެ ދެ މުވައްޒަފަކު ކަރަންޓްގައި ޖެހިއްޖެ - އެކަކު ސީރިއަސް ހާލަތުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ