ހަމަހަމަކޮށް، އިސްލާމް ދީނާ މާ ބޮޑަށް ނުގުޅޭ ގޮތަށް ސްކޫލް މުގައްރަރު ބަދަލު ކުރެއްވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޮޝިންޓަން ޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެއްޖެ އެވެ.
ނަޝީދު އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި ނިއު ދިއްލީގައި ހުންނަވައި ވޮޝިންޓަން ޕޯސްޓަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައި ވަނީ އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު ސްކޫލް މުގައްރަރު ހަމަހަމަކޮށް މާ ބޮޑަށް އިސްލާމް ދީނާ ނުގުޅޭ ގޮތަށް ބަދަލު ކުރައްވާފައިވާނެ ކަމަށެވެ. އަދި އިސްލާމީ ޝަރީއަތަށް ބުރަ ނުވާނެ ގާނޫނުލް އުގޫބާތެއް ޕްރޮޕޯސް ކުރައްވާފައިވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.
އެމަނިކުފާނު ވެރިކަމުން ވައްޓާލީ ބަޣާވާތަކުން ކަމަށާއި ބަޣާވާތަށް ފަހު ދީނީ ހަރުކަށި ހިޔާލުގެ މީހުން ރާއްޖޭގައި ވަރުގަދަވަމުން އަންނަ ނަޝީދު ވިދާޅުވެފައިވެ އެވެ.
"އިންތިހާބެއް ބާއްވަންޖެހޭނެ. އިންތިހާބެއް ނުބާއްވާ މި ހިނގާ ދުވަސްތަކުގައި އިސްލާމް ދީނުގެ ހަރުކަށި ހިޔާލުގެ މީހުން ރާއްޖޭގައި އަންނަނީ ވަރުގަދަވަމުން،" ނަޝީދު ވިދާޅުވި އެވެ.
އަދާލަތު ޕާޓީ އަށް އިޝާރާތް ކުރައްވައި، ބަޣާވާތަށް ފަހު "ދީނީ ފިކުރުގެ ޕާޓީ" ވަރުގަދަވަމުން އަންނަ ކަމަށާއި ކެބިނެޓުގެ ވެސް އެ ޕާޓީ އަށް ތިން މަގާމު ލިބިފައިވާ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި ސިފައިންގޭގައި ވެސް އަދާލަތު ޕާޓީގެ ބާރު ހިނގާ ކަމަށް ނަޝީދު އިންޓަވިއުގައި ވިދާޅުވެފައި ވެ އެވެ.
ކުރީގެ ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ރާއްޖެ އާއި އިޒްރޭލާ ދެމެދު ގުޅުން ބާއްވާފައިނުވާ ކަމަށާއި އިޒްރޭލާ ރާއްޖެއާ ދެމެދު އޮތް ގުޅުން އޮތީ ސަސްޕެންޑް ކޮށްފައި ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި އިޒްރޭލާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުން ރުޖޫއަ ކުރެއްވުމުގެ އިތުރުން އިންޑިއާ އާއި އެމެރިކާއާ ވެސް އިތުރަށް ގުޅުން ބަދަހި ކުރައްވާފައިވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި އެކަނިވެރި މައިންނަށް އިނާޔަތް ދެއްވި ކަމަށާއި އިސްލާމީ ހަރުކަށި މީހުންގެ ފަރާތުން، ބުރުގާ އެޅުމަށް މަޖުބޫރު ވެފައިވާ އަންހެނުން ހިމާޔަތް ކުރުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.
ދީނާ މާ ބޮޑަށް ނުގުޅޭ ގޮތަށް ސްކޫލް މުގައްރަރު ބަދަލު ކުރެއްވި ކަމަށް ނަޝީދު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ