މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަކިކުރުމަށް އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރަކު ވިދާޅުވީ ގާސިމް މަގާމުން ވަކިކުރުމަށް ހުށަހެޅީ އިއްޔެ ކަމަށާއި އެ މައްސަލަ ހުށަހެޅީ މުޅި މަޖިލިސް ތަމްސީލުކުރައްވާ ގޮތަށް ގާސިމް ޖޭއެސްސީގައި މަސައްކަތް ނުކުރައްވާތީ ކަމަށެވެ. އަދި ޖޭއެސްސީގެ މެމްބަރެއްގެ ގޮތެއްގެ ގޮތުގައި ހުންނަވައިގެން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކެމްޕޭންކުރެއްވުމަކީ ރަނގަޅު އުސޫލެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިނޫން އެތައް ސަބަބެއް ވެސް އެބަހުރި،" އޭނާ ވިދާޅުވި އެވެ.
ޖުމުލަ 10 މެމްބަރުން ތިއްބަވާ ޖޭއެސްސީން ގާސިމް ވަކިކުރަން ހުށަހަޅާފައިވާކަން މަޖިލީހުގެ އަމީން އާންމު އަހްމަދު މުހައްމަދު ވެސް ކަށަވަރުކޮށްދެއްވި އެވެ.
ޖޭއެސްސީގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކޮމިޝަންގެ މެމްބަރަކު ވަކިކުރެވޭނީ އެ މެމްބަރަކު އައްޔަންކުރި ފަރާތަކުންނެވެ. އަދި މަގާމުގެ ހައިސިއްޔަތުން އައްޔަންކުރައްވާ ބޭފުޅުން ވަކިވާނީ އެ ބޭފުޅުން މަގާމުން ވަކިވެވަޑައިގެންނެވުމުންނެވެ.
ގާސިމްގެ ކުރިން މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީގައި ހުންނެވީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އެވެ. އޭނާ ވެސް ޖޭއެސްސީން ވަކިކުރީ މަޖިލީހުންނެވެ.
މިކަމާ ގުޅޭ ގޮތުން ގާސިމްގެ ބަހެއް ނުލިބެ އެވެ.
ގާސިމް ޖޭއެސްސީން ވަކިކުރަން އެމްޑީޕީން ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ