ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރަހީމްއަށް ސަރުކާރުން ކުރަމުން ގެންދާ އަނިޔާތައް ވަގުތުން ހުއްޓައި އެމަނިކުފާނު މިނިވަންކުރަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން މިއަދު ފެށީ ޤާސިމް އިބްރާހީމް މިނިވަންކުރުމަށް ގޮވާލައި ރައްޔިތުން އުފުލަމުންދާއަޑު ވީހައި ގިނަ ފަރާތްތަކަށް އިއްވުން ކަމަށް ޝިހާމް މުހައްމަދު (ޝިހާމްބެ) ވިދާޅުވެއްޖެއެވެ.
މިއަދުނޫހަށް މައުލޫމާތު ދެއްވަމުން ޝިހާމް މިއަދު ވިދާޅުވީ ޕެޓިޝަންގައި ސޮއިކުރަން މިއަދު ހަވީރު މާމިގިލިން ފެށީ މާމިގިލި އަކީ ޤާސިމް އިބްރާހީމް އެރަށަކަށް ނިޞްބަތްވެވަޑައިގަންނަވާ ރަށް ކަމަށްވުމުން ކަމަށެވެ.
"ޤާސިމް އިބްރާހީމް އަކީ މާމިލީ ބުރުމާ ޤާސިމް. އެހެންވެ އެމަނިކުފާނުގެ ވިޔަފާރިމަރުކާއަކަށް ކިޔޫއައިއެމް އެއިންނަނީ. ނަމަވެސް ޤާސިމް އިބްރާހީމް އަކީ ހަމައެކަނި މާމިގިލީގެ ދަރިއެއް ނޫން. އެމަނިކުފާނުގެ އެހީތެރިކަން ފޯރުކޮށް ނުދެއްވާ ރަށެއް ރައްޖޭގައި އޮތް ކަމަކަށް ޤަބޫލެއް ނުކުރެވޭ، ކޮންމެވެސް ފެންވަރެއްގަ. ކޮންމެވެސް ގޮތަކުން. އެހެންވީމާ އެމަނިކުފާނަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ދަރިއެއް. އެމަނިކުފާނަކީ މި ދިވެހި މުޖުތަމައުގެ ދެ ވަނަ ބައްޕަ. ކޮންމެ ރަށަކީވެސް ކޮންމެ ޢާއިލާއަކީވެސް އެމަނިކުފާނާއި ގުޅިފައިވާ އާއިލާއެއް."
ޝިހާމް ވިދާޅުވީ ޤާސިމް އިބްރާހީމް މިނިވަންކުރުމަށް ގޮވާލާ ޕެޓިޝަންގައި ސޮއިކުރުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އުންމީދުކުރައްވަނީ ދޮޅު ލައްކަ މީހުންގެ ސޮޔާއިއެކު ހުށަހަޅުއްވަން ކަމަށެވެ. އަދި ޕެޓިޝަން އަމާޒުކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހަށް ނަމަވެސް ޕެޓިޝަން ކަމާއި ގުޅުންހުރި ހުރިހާ މުއައްސަސާތަކަށް ވެސް ހުށަހަޅުއްވާނެ ކަމަށެވެ.
ޝިހާމް ވަނީ ޤާސިމް އިބްރާހީމްއަށް ހެޔޮއެދޭ ވީހައި ގިނަ ބައަކު ޕެޓިޝަނުގައި ސޮއިކުރުމަށް އެދިވަޑައިގެންފައެވެ.
ބޭނުމަކީ ޤާސިމް އިބްރާހީމް މިނިވަންކުރުމަށް ރައްޔިތުން ގޮވާއަޑު ވީހައި ގިނަ ފަރާތްތަކަކަށް އިއްވުން: ޝިހާމްބެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ