ހުޅުދޫ ސްކޫލް ޑިޖިޓަލް ކުރުމުގެ މަސައްކަތް ފަށައިފި

ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައި ދިނުމުގެ ގޮތުން އައްޑޫ ހުޅުދޫ ސްކޫލް ޑިޖިޓަލް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.އެ ސްކޫލްގެ ލީޑިން ޓީޗަރު ތަވީން އަބްދުލް މުހުސިން މިއަދު ވިދާޅުވީ 157 ދަރިވަރުން ރަޖިސްޓްރީވެފައިވާ ސްކޫލް ޑިޖިޓަލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބަހާލައިގެން ސްކޫލް ޑިޖިޓަލް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.މި މަސައްކަތުގެ ދަށުން އަހަރު ފެށުނު އިރު، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލިޖީ (އައިސިޓީ) ކްލާސްތަކެއް ވެސް ވަނީ ފަަށައިފަ އެވެ. އެގޮތުން ގްރޭޑް 1-7 އަށް ކިޔަވައިދޭ ސްކޫލުގައި ކޮންމެ ހަފުތާއައަކު މަދުވެގެން އެއް މާއްދާ އައިސީޓީގެ އެހީގައި ނަގައިދެވޭނެ އިންތިޒާމް ވެސް ވަނީ ހަމަަޖައްސައިފައި ކަމަށް ހުޅުދޫ ސްކޫލުން ބުންޏެވެ."ކުރިއަށް އޮތް ތަނުގައި އައިސީޓީ މާއްދާތައް އިތުރު ކުރެވެމުން ދާނެ. ބޭނުމަކީ ވީހާ ވެސް ބޮޑަށް ޒަމާނީ ވަސީލަތްތަކުގެ އެހީގައި ކިޔަަވައިދީ، ދަރިވަރުން އެކަމަށް އަހުލުވެރި ކުރުވުން،" ތަވީން ވިދާޅުވި އެވެ، "މި ސްކޫލްގެ ހުރިހާ ޓީޗަރުން ވެސް ވާނީ މިކަމަށް ޓްރޭންކޮށްފައި."ހުޅުދޫ ސްކޫލުން ބުނީ އެ ސްކޫލަށް މިހާރު ސްމާޓް ބޯޑެއް ވެސް ލިބިފައިވާ ކަމަށެވެ. އެއީ ހުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިީހުގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑް) ހަދިޔާ ކުރެއްވި ބޯޑެކެވެ."އެ ބޯޑް ވެސް ވަރަށް އަވަހަށް ބޭނުން ކުރަން ފެށޭނެ. މީގެ އިތުރުން ކުލާސްރޫމްތަކަށް މިހާރު އިންޓަނެޓް ވެސް ލިބޭނެ. ޓީވީތައް ހުރީ ހަރު ކުރެވިފައި. އެހެންވީމާ ފިލާވަޅުތަކާ ގުޅޭ މައުލޫމާާތުތައް އިންޓަނެޓް މެދުވެރިކޮށް ވަރަށް ފުޅާކޮށް ދަރިވަރުންނަށް ފޯރުކޮށްދެވޭނެ،" ތަވީން ވިދާޅުވި އެވެ. "ޕްރެެޒެންޓޭޝަންތަކާ އެއްޗެހި މިހާރު ވަރަށް ފަސޭހަކަމާ އެކު ތައްޔާރު ކުރެވޭނެ." ހުޅުދޫ ސްކޫލުން ބުނީ އެ ތަނުގެ ކްލާސްރޫމްތަކުގައި ބޭނުން ކުރާ 55 އިންޗީގެ ޓީވީތަކަކީ 2013 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހަދިޔާ ކުރެއްވި ޓީވީތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ