ޕޮލިސް އެކަޑެމީގެ ރަޖިސްޓްރީ ދިވެހީންނާއި ހަވާލު ކުރުމަށް ޔާމީން އެދިވަޑައިގެންފި

އިންޑިއާ ސަރުކާރުގެ އިހުލާސްތެރިކަމެއް ހުރީވިއްޔާ، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީގައި އެޅި ނެޝަނަލް ކޮލެޖް އޮފް ޕޮލީސިން އެންޑް ލޯ އެންފޯސްމަންޓު (ޕޮލިސް އެކަޑަމީ) ގެ ރަޖިސްޓްރީ ދިވެހީންނާއި ހަވާލު ކުރުމަށް ކުރީގެ ރައީސް ޔާމީން ޢަބުދުލް ޤައްޔޫމް އެދިވަޑައިގެންފި އެވެ.އެ މަނިކުފާނު މިހާރު އައްޑު އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިއްޔެ ހަވީރު ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ ޕޮލިސް ކޮލެޖަކީ އިންޑިއާ އިން ހެދި ތަނަކަށް ވިޔަސް، އެ ގައުމުގެ އިހުލާސްތެރި ކަމެއް ހުރި ނަމަ ތަނުގެ ރަޖިސްޓްރީ މިހާރު އޮންނާނީ ދިވެހިންނާ ހަވާލުކޮށްފައިވާ ކަމަށެވެ.ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ދިވެހިން އެދޭ ގޮތް ނޫންކަމަށް ބުނަންޖެހޭ ކަމަށެވެ. އަދި އެކަމުގައި އައްޑޫ ސިޓީން މިސާލުދައްކައިފިނަމަ އެކަމުން މުޅި ރާއްޖެއަށްވެސް ހިތްވަރު ލިބިގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. "މިވަރުގެ މަސައްކަތެއް ކުރުމުގެ ބޭނުމަކީ މިތަނުގައި ތިބުން. ތިޔަ ޓްރޭންކުރާ ފުލުހުންތައް ޓްރޭން ކުރިނަމަވެސް، އަޅުގަނޑުމެންނާ މިހާރުވެސް އެ އިމާރާތްތައް ހަވާލު ކުރަންވީ. އިހުލާސްތެރިކަމެއް މި މަސައްކަތުގައި އިންޑިއާ ސަރުކާރުގައި އޮތްކަމަށް ވަންޏާ، ޞާލިޙްގެ ސަރުކާރުގައި އިހުލާސްތެރިކަމެއް އޮތްކަމަށް ވަންޏާ އަޅުގަނޑުމެންނާ އެބަޖެހޭ އެތަނުގެ ރަޖިސްޓްރީ ހަވާލު ކުރަން." ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.ޔާމީން ވިދާޅުވީ އެތަނުގެ ރަޖިސްޓްރީ ހަވާލުކުރީމާ އެތަނަށް އެމީހުން (އިންޑިއާ މީހުން) ވަންނާނީ ދިވެހީން އެ މީހުން އެތަނަށް ވެއްދުމުން ކަމަށާއި އެއަށްފަހު އެތަނުގައި ޓްރޭންކުރާނީ ދިވެހީން ދައްކާ ބައެއް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ޕޮލިސް ކޮލެޖް ހިންގޭ ވަރުގެ ގާބިލު މީހުން ރާއްޖޭގައި އެބަތިބި ކަމަށާއި އެތަން ހުރި އައްޑު އަކީ ރާއްޖޭގެ ވަރަށް ތައުލީމީ ގާބިލު ވެސް މީހުން ތިބި ތަނެއް ކަމަށެވެ. އެހެންވެ ޕޮލިސް ކޮލެޖް އިންޑިއާގެ ބާރުގެ ދަށުގައި ހުންނަން ޖެހޭ އެއްވެސް ސަބަބެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.ދިވެހި ފުލުހުންނަށް ތަމްރީންތައް ދިނުމަށް ހާއްސަކޮށްގެން ހުޅުވި މި އެކަޑަމީ އަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުވި އެކަޑަމީއެކެވެ.އެ އިމާރާތުގައި ހިމެނޭ ތަންތަން:އެކޮމަޑޭޝަން ބްލޮކްތައްމެޑިކަލް ހިދުމަތް ދޭނެ ކްލިނިކްތައްޕީޓީ ގްރައުންޑްހެލިޕޭޑާއި ޓްރެއިނިން ސެންޓަރު800 މީހުންގެ ޖާގައިގެ ޖިމެއްފުޓްބޯޅަ ދަނޑެއްބާސްކެޓް ކޯޓެއްޓެނިސް ކޯޓެއް400 މީޓަރުގެ ޓްރެކެއް340 މީހުންގެ އޮޑިޓޯރިއަމެއް40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް ކްލާސްރޫމާއި ފަދަ ވަސީލަތްތައްމި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2017ގަ އެވެ.އައްޑޫ ޕޮލިސް އެކަޑެމީ އަކީ އިންޑިއާ ސަރުކާރުން ރާއްޖޭގައި ހިންގަން ނިންމާފައިވާ މަޝްރޫއުތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑު މަޝްރޫ އެވެ. އަދި އައްޑޫގައި ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއު އެވެ. މި އެކަޑެމީ އަކީ ހިތަދޫގައި ކުރިން ހުރި ފުލުހުންގެ ޓްރެއިނިން ސްކޫލް ފެބްރުއަރީ 8، 2012 ގައި އަންދައިލުމާ ގުޅިގެން އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ހިންގައިދޭން ނިންމި މަޝްރޫއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ