ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން އިންޓަރ ސްކޫލް ބައިސްކަލް މުބާރާތެއް ބާއްވަން ނިންމައި

ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން، ސްކޫލުތަކަށް ހާއްސަކޮށް ބައިސްކަލް މުބާރާތެއް ބާއްވަން ނިންމައި އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.2020 ވަނަ އަހަރު މި އިވެންޓް ބާއްވަން ނިންމި ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އެ މުބާރާތް ވަނީ ފަސްކޮށްފައެވެ.މި އަހަރު މި މުބާރާތް ކުރިއަށްދާނީ 17 ސެޕްޓެމްބަރގައި ހުޅުމާލޭ ފޭސް 2 ގައި އޮންނަ ސައިކްލިން ޓްރެކްގައެވެ. ހުރިހާ ސްކޫލް ކުދިންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހިޅުވާލެވިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 8 ސެޕްޓެމްބަރ ގެ ނިޔަލަށެވެ. ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓަރީ ކުރުމަށް ފޯމު އެ ދަރިވަރުންނަށް ފޯރުކޮށްދޭނީ އެ ދަރިވަރަކު ނިސްބަތްވާ ސްކޫލްއަކުންނެވެ. އަދި މި ފޯމު ދިރާގާއި ބައިކް މޯލްޑިވްސްގެ ސޯޝަލް މީޑިއާއިންވެސް ލިބޭނެއެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތުގެ 10 އިވެންޓެއް ކުރިއަށްދާނެއެވެ. އެއީ:11 އަހަރުން ދަށުގެ އުމުރުފުރާ – 1000 މީޓަރުގެ ފަން ރައިޑް13 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)13 އަހަރުން ދަށުގެ އުމުރުފުރާ - 1000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)15 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)15 އަހަރުން ދަށުގެ އުމުރުފުރާ - 1000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)17 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)17 އަހަރުން ދަށުގެ އުމުރުފުރާ - 3000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)19 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)19 އަހަރުން ދަށުގެ އުމުރުފުރާ - 3000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)3000 މީޓަރުގެ ޓީމް ޕާރސޫޓް1000 މީޓަރުގެ ފަން ރައިޑް ފިޔަވައި ވާދަވެރި ކޮންމެ ކެޓަގަރީއަކުން ތިން އަންހެން އަދި ފިރިހެން ނަސީބުވެރިން ހޮވާނެއެވެ.މި ހަރަކާތް އިފްތިތާހު ކުރުމަށް ދިރާގުގެ މައި އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަރު ބްރޭންޑް ނައިޔާ ޝަރީފް ވިދާޅުވި ގޮތުގައި، ޒުވާން އުމުރުން ފެށިގެން ދުޅަހެޔޮ، ދެމެހެއްޓެނިވި ދިރިއުޅުމެއްގެ މުހިންމުކަން ޕްރޮމޯޓްކުރާއިރު، ސްކޫލް ކުދިންގެ މެދުގައި ބައިސްކަލް ދުއްވުމުގެ ޝައުގުވެރިކަން އިތުރުކުރުމަކީ ދިރާގުގެ އުންމީދެކެވެ."މި ހަރަކާތް ކުރިއަށް ގެންދިއުމުގައި ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުގައި ބައިކް މޯލްޑިވްސްއަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވި އެވެ.ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ތިމާވެއްޓަށް އީޖާބީ ގޮތެއްގައި އެހީތެރިވެދޭ އިވެންޓްތަކަށް އެއްބާރުލުންދީ، އިވެންޓްތައް ރާވައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ސްކޫލް ކުދިންގެ ތަޖުރިބާތައް އިތުރުކުރުމަށްކަމަށް އެ ކުންފުނިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ