އާސަންދަ ހިސާބު | ފާމަސީތަކަށް ބިލިއަނެއް، އަމިއްލަ ހޮސްޕިޓަލާއި ކްލިނިކުތަކަށް 2.3 ބިލިއަން

އެގޮތުން 2022 ވަނަ އަހަރު އާސަންދައަށް ޖުމްލަ 2.8 ބިލިއަން ރުފިޔާ ބިލުކޮށްފައިވޭ. އެ އަދަދު 2023 ވަނ އަހަރުވަނީ 3.2 ބިލިއަން ރުފިޔާއަށް އަރާފައިވާތީ އެހެންކަމުން އަހަރުން އަހަރަށް ބަލާއިރު އާސަންދައަށް ބިލުކުރާ މިންވަރު %14 އިތުރުވި
އާސަންދަ ސްކީމުން ފާއިތުވި އަހަރު ބޭހާއި ކޮންޒިއުމަބަލްސް ގަތުމަށް ފާމަސީތަކަށް ދޫކުރި ފައިސާގެ އަދަދު ބިލިއަނަކަށްވުރެ މަތިވެފައިވާއިރު، އަމިއްލަ ހޮސްޕިޓާތަކާއި ކްލިނިކުތަކުން 2.3 ބިލިއަން ރުފިޔާ އާސަންދައަށް ބިލުކޮށްފައިވާކަން ހާމަވެއްޖެ އެވެ. 
"މިރާ"އިން އެދިގެން ފިނޭންސް މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު އާސަންދައިގެ ހަރަދުތައް ފާއިތުވި ފަސް އަހަރު އެވެރެޖުކޮށް %65 އިންވަނީ އިތުރުވެފަ އެވެ. އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ އަމިއްލަ ހޮސްޕިޓާތަކަށާއި ފާމަސީތަކަށެވެ. 
އެގޮތުން 2022 ވަނަ އަހަރު އާސަންދައަށް ޖުމްލަ 2.8 ބިލިއަން ރުފިޔާ ބިލުކޮށްފައިވެ އެވެ. އެ އަދަދު 2023 ވަނ އަހަރުވަނީ 3.2 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އެހެންކަމުން އަހަރުން އަހަރަށް ބަލާއިރު އާސަންދައަށް ބިލުކުރާ މިންވަރު %14 އިތުރުވެފައިވެ އެވެ. 
ފިނޭންސް މިނިސްޓްރީން ހިއްސާކުރި ހިސާބުތަކުން ފެންނަ ގޮތުގައި 2022 ވަނަ އަހަރު އާސަންދައަށް ބިލުކުރި އަދަދުގެ %35 ކަމަށްވާ 998 މިލިއަން ރުފިޔާއަކީ ކްލިނިކުތަކުން ބިލުކުރި އަދަދެވެ. އަދި 2023 ގައި އާސަންދައަށް ބިލުކުރި އަދަދުގެ %34 ކަމަށްވާ 1.1 ބިލިއަން ރުފިޔާއަކީ ބޭސްފިހާރަތަކުން ބިލުކުރި މިންވަރެވެ. 
އޭގެ އިތުރަށް އާސަންދައިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ސިއްހީ ހިދުމަތްދޭ އަމިއްލަ މަރުކަޒުތަކަށެވެ. އެގޮތުން 2022 ވަނަ އަހަރު ޕްރައިވެޓް ހޮސްޕިޓާ ކްލިނިކުތަކުން ޖުމްލަ ދެ ބިލިއަން ރުފިޔާ ބިލުކޮށްފައިވެ އެވެ. އަދި 2023 ގައި އެ އަދަދު 2.3 ބިލިއަން ރުފިޔާއަށް އިތުރުވެފައިވެ އެވެ. 
ފާއިތުވި އޯގަސްޓު މަހުގެ ތެރޭގައި މާލިއްޔަތު ކޮމިޓީއަށް ފޮނުވި ސިޓީއެއްގައި ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓާ އަދި ގިނަ އަދަދެއްގެ ފާމަސީތައް ހިންގާ އޭޑީކޭން ބުނެފައިވަނީ އެ ކުންފުންޏަށް އާސަންދައިން ދޭންޖެހި ނުދީ ހުރި ފައިސާގެ އަދަދު 250 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. 
އެކަމާ ގުޅިގެން މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން އޭޑީކޭގެ އޯނަރު އަހުމަދު ނާޝިދު ވިދާޅުވީ މިހާރު އާސަންދައިން ފައިސާ ދެމުންދަނީ މަހެއްގެ މައްޗަށް 25 މިލިއަން ރުފިޔާގެ ރޭޓުން ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ ހަރަދުތަކަށް މަަހެއްގެ މައްޗަށް 40 މިލިއަން ހޭދަވާ ކަމަށް އޭނާ ވިދާޅުވި އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ