ޓޫރިޒަމް ސިނާއަތުގެ ބައެއް ފަރާތްތަކުން ދަނީ މި ގަވައިދު ބަދަލު ކުރަން ޕްރެޝަރު ކުރަމުންނެވެ. ނަމަވެސް ބޭންކިން ނިޒާމަށް ޑޮލަރު މާރު ކުރެވޭނެ ގޮތެއް އެ ފަރާތްތަކުން ބުނެއެއް ނުދެ އެވެ.
ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން ހެދި ގަވައިދަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް މަރުކަޒީ ބޭންކް (އެމްއެއޭ) އިން ބުނެފި އެވެ.
ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން ބާރު އެޅުމުގެ ގޮތުން އެމްއެމްއޭއިން މި އަހަރުގެ އޮކްޓޫބަރު 1 ގައި ގެޒެޓްކުރި ގަވާއިދަށް ބަދަލު ގެނެސްފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދަނިކޮށް އެމްއެމްއޭއިން ބުނީ ގަވައިދު ބަދަލުކޮށްފައި ނުވާނެ ކަމަށާ، ނަމަވެސް ރައްޔިތުންގެ އަޑު އަހަމުން ކަމަށާއި އެ އޮތޯރިޓީން ކުރާ މަސައްކަތްތަކާ ގުޅުން ހުރި ކޮންމެ ވިޔަފާރިއަކާއި ކޮންމެ ރައްޔިތަކަށް ވެސް މަޝްވަރާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން ބާރު އަޅަން ހެދި ގަވައިދަށް ބައެއް ރިސޯޓް އޯނަރުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ރިސޯޓް އޯނަރުން ނުރުހުން ފާޅުކުރިނަމަވެސް ރާއްޖޭގައި ހުރި ހުރިހާ ރިސޯޓެއް މިހާރު ވަނީ މި ގަވައިދުގެ ދަށުން އެމްއެމްއޭގައި ރަޖިސްޓްރީކޮށްފަ އެވެ. ގަވައިދު ބަދަލު ކުރަން ޓޫރިޒަމް ސިނާއަތުގެ ބައެއް ފަރާތްތަކުން ޕްރެޝަރު ކުރަމުން ދަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ބޭއްވި ސަރުކާރަށް އެއް އަހަރު ފުރުމުގެ ޖަލްސާގައި ވަނީ އެ ގަވައިދު ބަދަލު ނުކުރާނެކަން ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި މިދިޔަ އަހަރު އެކަނި ވެސް ޓޫރިޒަމް ސެކްޓާ އަށް 4.5 ބިލިއަން ޑޮލަރުގެ ޖުމްލަ އާމްދަނީއެއް ލިބުނުނަމަވެސް ބޭންކުތަކަށް މާރުކުރީ އެންމެ 1.5 ޕަސެންޓެވެ. ނަމަވެސް އަލަށް ކަނޑައަޅާފައިވާ ގަވައިދަށް ޑޮލަރު މާރުކުރާ ނަމަ 15-20 ޕަސެންޓު އިތުރުވާނެކަން ރައީސް ފާހަގަ ކުރެއްވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރާ ގަވައިދު ބަދަލެއް ނުކުރޭ: އެމްއެމްއޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ