ކައުންސިލަރުންގެ އަދަދު މަދުކޮށް، ކައުންސިލަރަކަށް ލިބޭ މުސާރަ ބޮޑުކުރުމަކީ ކައުންސިލްތަކުން އުފެއްދުންތެރި މަސައްކަތްތަކެއް ރައްޔިތުންނަށް ކޮށްދެވޭނެ ހަމައެކަނި ގޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން މެންބަރުންގެ ހުރި ކަންބޮޑުވުންތަކަށް ބަހުސްކުރުމަށް ހުށަހަޅާފައި އޮތް ގަރާރުގެ އިބުތިދާއީ ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ ކައުންސިލްތަކުން އުފެއްދުންތެރި މަސައްކަތްތަކެއް ރައްޔިތުންނަށް ކޮށްދެވޭނީ ކިޔަވައިގެން ތިބި، ކޮލިޓީ ހުރި ޒުވާނުން ރަށްރަށަށް އައިސްގެން ކަމަށާއި، އެކަން ކުރެވޭނީ މިހާރު ތިބި ކައުންސިލަރުންގެ އަދަދު މަދުކޮށް، ކައުންސިލަރުންގެ މުސާރަ ބޮޑުކޮށްގެން ކަމަށެވެ.
:މި ގައުމަށް މިއަދު ބޭނުންވަނީ އުފެއްދުންތެރި ބަޔަކު ނުކުމެ، އުފެއްދުންތެރި މަސައްކަތްތަކެއް ކުރުން. ހަމައެކަނި އޮފީހަށް ނުކުމެ، އިނގިލީގެ ނިޝާން ޖެހުމަށް ފަހު ނިކުމެ ދާ މީހުންނެއް ނޫން ” ނާޒިމް ވިދާޅުވިއެވެ.
ކޮންމެ މީހަކީ ވެސް އުފެއްދުންތެރި މަސައްކަތްތަކެއް ކުރާނެ ބަޔަކަށް ވާންޖެހޭކަމަށާއި ވަކިން ޚާއްސަކޮށް ކިޔަވައިގެން ތިބި، ކޮލިޓީ މީހުންނާއި، ކައިރި ރަށްރަށުގައާއި ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުން ރަށަށް އައިސް ޚިދުމަތްކޮށްދޭނެ ގޮތެއް ވެސް ހަދަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
“ޒުވާނުންނާއި، ކިޔަވައިގެން ތިބި މީހުން ރަށްރަށަށް ދާނީ އެމީހުންނަށް އެކަށީގެންވާ މުސާރައަކާއެކު ވަޒީފާ ދީގެން ” މެމްބަރު ނާޒިމް ވިދާޅުވިއެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ދައްކަމުން އަންނަ އެއް ވާހަކައަކީ ކައުންސިލަރުންގެ އަދަދު މަދުކުރުމެވެ.
ޔުމްނު މައްސަަލަ: އިންކުއަރީ ރިޕޯޓު ހާމަކުރަން ރައީސް އަންގަވައިފި ޔުނިވަރސަލް ރިސޯޓްތަކުން ސާރވިސް ޗާޖް ޑޮލަރުން ދިނުން ހުއްޓާލަނީ ޖީއެސްޓީ ދައްކަންޖެހޭތީ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި ޖެމްކިއު ސްކީމަކީ ސްކޭމެއް، ބައިވެރިވާ މީހުންނަށް ފިޔަވަޅު އަޅަނީ މަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ