ވިނަރެސް ފުލެޓެއްގެ ގޮދަޑީގައި ރޯވެ ބޮޑު ގެއްލުމެއް
ގޮދަޑިއެއްގައި އަލިފާން ރޯވެ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓް ނުވައެއްގެ އެޕާޓްމަންޓެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެމްޑީއެފުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީ ވިނަރެސް ފްލެޓް ނުވައެއްގެ 13 ވަނަ ފަންގިފިލާގެ ހަވަނަ އެޕާޓްމެންޓުން ދުންއަރާކަމުގެ މައުލޫމާތު މިއަދުގެ 7:41 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބުމުން ހުޅުމާލޭގެ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެ، އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެމްއެންޑީއެފްއިން ބުނީ، ރޯވެފައިވަނީ އެ އެޕާޓްމެންޓުގައިވާ ކޮޓަރިއެއްގައި ކަމަށެވެ. ނަމަވެސް، ރޯވާން މެދުވެރިވީ ކިހިނެއް ކަމެއް ނުވަތަ ކޮން ސަބަބަކާ ހުރެކަމެއް އޮޅުންފިލުވައިދީފައެއް ނުވެއެވެ. https://x.com/NDMAmv/status/1936993143666426105 މި ހާދިސާއާއި ގުޅިގެން ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވަނީ ހުޅުމާލޭގެ ވިނަރެސް ފްލެޓުގެ އަލިފާން ރޯވި އެޕާޓްމެންޓަށް ގެއްލުންތަކެއް ލިބިފައިވާތީ އެކަން އެ އޮތޯރިޓީން ބަލަމުން އަންނަ ކަމަށް ބުނެފައެވެ. މީގެ ކުރީން ވެސް މިފަދަ އަލިފާނުގެ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އަދި، މިފަދަ ހާދިސާތަކުގައި މީހުންގެ ފުރާނައަށް ގެއްލުންވެފައި ވެސް އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ