ޔުނައިޓެޑަކީ "ވިޔަފާރި ކްލަބެއް" ކަމަށް ވެން ހާލް އަނެއްކާ ވެސް ބުނެފި ޔުނައިޓެޑަކީ "ވިޔަފާރި ކްލަބެއް" ކަމަށް ވެން ހާލް އަނެއްކާ ވެސް ބުނެފި

އަމްސްޓެޑަމް، ނެދަލެންޑްސް (ޖޫން 9) - މެންޗެސްޓާ ޔުނައިޓެޑަކީ ފުޓްބޯޅަ ކްލަބަކަށް ވުރެ ބޮޑަށް ވިޔަފާރި އުސޫލުން ހިންގާ ކްލަބެއް ކަމަށް އެ ޓީމަށް ކުރިން ކޯޗުކޮށްދިން ނެދަލެންޑްސްގެ ކޯޗު، ލުއީ ވެން ހާލް އަނެއްކާ ވެސް ބުނެފި އެވެ.
މީގެ ކުރިން، ވެން ހާލް މި ގޮތަށް ބުނީ އަޔަކްސް ކޯޗަކަށް ހުރި އެރިކް ޓެން ހާގް، 2022 ވަނަ އަހަރު ޔުނައިޓެޑްގެ ކޯޗަކަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ވާހަކަ މީޑިއާގައި ދެކެވޭތީ އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ. ވެން ހާލް އަނެއްކާ ވެސް އެ ވާހަކަ ތަކުރާރުކުރީ، ޔުނައިޓެޑްގެ ހާލަތާ ގުޅޭގޮތުން، ސްކައި ސްޕޯޓްސްގެ ނޫސްވެރިއަކު ސުވާލުކުރުމުންނެވެ.
"އަދިވެސް އެއީ (މެންޗެސްޓާ ޔުނައިޓެޑަކީ) ކޮމާޝަލް ކްލަބެއް ފުޓްބޯޅަ ކްލަބެއް ނޫން،" 2014 އިން 2016 އަށް ޔުނައިޓެޑަށް ކޯޗުކޮށްދިން ވެން ހާލް ބުންޏެވެ.
ވެން ހާލް މި ފަހަރު ވަނީ، އެ ގޮތަށް އޭނާ ބުނާ ސަބަބު އޮޅުންފިލުވައިދީފަ އެވެ.
"އަހަރެން ދެކޭގޮތުގައި، ހުންނަ ކޯޗެއްގެ އަތްމަތީގައި އޮންނަން ޖެހޭ ކަމެއް އެއީ ގަންނަން ޖެހޭ ކުޅުންތެރިން. އެހެން ނޫން ގޮތަކަށް އޮތިއްޔާ އެއީ ގޯހެއް. ޔުނައިޓެޑްގައި ކަންކުރަނީ އެ ގޮތަށް. ދެން ތިބޭ މީހުން ކުޅުންތެރިން ގަނެފައި، ކޯޗު ޒިންމާ ނަގާ ގޮތަށް އޮތިއްޔާ އެއީ ގޯހެއް، ކޯޗެއްގެ އިލްމާއި ހިލްމު ހުރެގެން ޓީމެއް ހިންގަންވާނީ ކޯޗު ބޭނުންވާ ކުޅުންތެރިންނާ އެކު،" ޔުނައިޓެޑަށް އެފްއޭ ކަޕް ކާމިޔާބުކޮށްދިން ވެން ހާލް ބުންޏެވެ.
ނެދަލެންޑްސްގެ ކޯޗު، އާނާ ސްލޮޓަކީ، ލިވަޕޫލުން ގަންނަ ކުޅުންތެރިއަކު ނިންމުމުގެ ޓެކްނިކަލް ލަފާ ދޭ މީހާ ކަމަށާއި އެއީ، އެކަން ވާން ޖެހޭ ގޮތް ކަމަށް ވެން ހާލް ވަނީ ބުނެފަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ