ބަނޑަށް 9 މަސްފުރި އަލަތު ދަރިފުޅު ވިހަން ކައިރި ވެފައި ހުރި އަނބިމީހާ އިހާނެތި ގޮތަކަށް މަރާލައިފިއެވެ.
އިންޑިއާގެ އިންދްރަ ޕްރަދޭޝްގެ ގަނޭޝްވަރ 28އ އޭނާގެ އަނބިމީހާ އަނޫޝާ 27އ މަރާލީ ދެމީހުން ކުރިޒުވާބެއްގައި އަނޫޝާގެ ނޭވާހާސް ކޮށްލައިގެންނެވެ.
ވިހަން ހޯމަދުވަހު އެޑްމިޓްކުރަން ޑޮަކްޓަރ ލަފާދީފައިހުރި އަނޫޝާ މަރާލުމަށްފަހު ގަނޭޝްވަރ ވަނީ އަނޫޝާގެ އާއިލާ އަދި ރައްޓެހިންނަށް ގުޅާފައި އަނޫޝާ ހަބަރު ހުސްވެގެން ވެއްޓުމާއި ގުޅިގެން އެމްބިއުލާންސްއަށް ގުޅާފައިވާ ކަމަށްބުނެފައެވެ.
އަނޫޝާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާތީ ޑޮކްޓަރުން ވަނީ ގުދުރަތީ މަރެއް ނޫންކަމަށް ނިންމައި ތަހުގީގުފަށާފައެވެ. ހޮސްޕިޓަލުން ފުލުހުންނަށް އަންގައިގެން ފުލުހުން އައިސް ބެލިބެލުމުން ޝައްކުތަކެއް ހުރުމުން އަނޫޝާގެ ފިރިމީހާ ހައްޔަރުކޮށް ސުވާލުކުރުމުން އޭނާވަނީ އަނޫޝާ މަރާލިކަމަށް އެއްބަސްވެފައެވެ.
ގަނޭޝްވަރ ތަހުގީގަށް ކިޔައި ދީފައިވާ ގޮތުގައި އޭނާ އެހެންމީހަކާ ރައްޓެހިވެގެން އުޅޭކަމަށް އަނބިމީހާ ތުހުމަތުކޮށް ދެމީހުންގެ ދެމެދުގައި ހަމަނުޖެހުން ހިނގާތާ ދުވަސްތަކެއް ވެފައިވާ ކަމަށް ބުނެފައިވެއެވެ.
އަނޫޝާގެ އާއިލާމީހުން ބުނެފައިވަނީ މީގެކުރިންވެސް ގަނޭޝްވަރަށް ކެންސަރ ޖެހިފައިވާ ކަމަށްބުނެ ދޮގުހަދައި އޭނާދޫކޮށް ދިޔުމަށް އަނޫޝާކައިރީ ބުނެފައެވެ. އަނޫޝާގެ އާއިލާ މީހުންވެސް އެދުވަހުން ފެށިގެން ގަނޭޝްވަރ އެހެން މީހަކާ ލޯބީގެ ގުޅުމެއް ބާއްވާކަމަށް ތުހުމަތުކުރެއެވެ.
ގަނޭޝްވަރ އާއި އަނޫޝާ ކައިވެނިކޮށްފައިވަނީ 10 ޑިސެމްބަރ މަހު 2022 ވަނަ އަހަރު ދެމީހުންގެ ވެސް އާއިލާ މީހުންގެ ނުރުހުމުގައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
ޖެކުލިން ފެރެނާންޑްގެ މަންމަ މަރުވެއްޖެ ކެރެލާގައި ނުރައްކާތެރި ބައްޔެއް ފެތުރޭތީ ދިވެހިން ސަމާލްވާން އެދިއްޖެ 6 އަހަރު ކުރީގެ ހާދިސާ އަކާ އެއްގޮތް މަރުގެ ހާދިސާ އެއް އަނެއްކާވެސް ހިނގައިފި މޯދީ ހުވާކުރައްވާ ރަސްމިއްޔާތަށް ރައީސް އިންޑިއާއަށް ވަޑައިގެންފ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ