ހދ ނޮޅިވަރަންފަރު ސްކޫލްގެ 2024-2023 ވަނަ އަހަރުގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ފާތިމަތު ސަހާ އަލީ ހޯދައިފި އެވެ.
ނޮޅިވަރަންފަރު ސްކޫލްގެ އިނާމުދިނުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޫޑެންޓް އެޑްމިނިސްޓްރޭޝަން ޑިވިޝަން ހެޑް އަލީ މުފީދެވެ.
ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި ސަހާ ވަނީ ގައުމީ ގަދަދިހައެއްގެ ފަސްވަނަ ހޯދާފަ އެވެ. މިއަހަރުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި އެ ސްކޫލްގެ 26 ދަރިވަރަކު އިނާމު ހާސިލްކުރި އެވެ.
އިނާމުދިނުމުގެ ރަސްމިއްޔާތުގެ ތީމެއްގެ ގޮތުގައި ހަމަޖެއްސީ 'އޯކިޑް ގުލްޝަން' އެވެ. މިއީ ރައީސް މުހައްމަދު އަމީންދީދީ ވެރިކަމުގެ އެ ސްކޫލަށް ކިޔާފައިވާ ނަމެވެ.
އިނާމުދިނުމުގެ މި ރަސްމިއްޔާތުގައި ނޮޅިވަރަންފަރު ހުންނަ މުއައްސަސާތަކުގެ ވެރިންނާއި ދަރިވަރުން އަދި ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެލެއްވި އެވެ.
ނޮޅިވަރަންފަރު ސްކޫލްގެ އިނާމުދިނުމުގެ ރަސްމިއްޔާތުގެތެރެއިން--

ނޮޅިވަރަންފަރު ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ސަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ