މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލްގެ ބަންދަށް ކޯޓުން މިއަދު ފަސް ދުވަސް ޖަހައިފި އެވެ.
ތަފްސީލް - އެ މައްސަލައިގައި ތުހުމަތުގައި އިއްޔެ ފުލުހުން ހައްޔަރު ކުރި ރައުދު ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިޔައީ މިއަދު އެވެ. ފުލުހުން ބުނީ އޭނާ ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރަން ކޯޓުން މިއަދު އަމުރުކޮށްފައިވާ ކަމަށެވެ.
އެނގުން މުހިންމު - ރައުދަކީ ޔުމްނު ރަޝީދު، 21، ގ. ރަނައުރާގެއާގެ ވެެއްޓުނު އިރު އޭނާއާ އެކު ބުރުޒުމަގުގައި ހުންނަ ހ. ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ. ޔުމްނު ވެއްޓުނީ އޭނާއާ އެކު އެ ގޭގެ ތެރޭގައި އުޅުމުގެ ތެރޭގަ އެވެ.
ޔުމްނު ވެއްޓުން: ރައުދު ފަސް ދުވަހަށް ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ