ޔުމްނު މެލޭޝިއާއަށް ފުރަން ހުރިހާ ކަމެއް ހަމަޖެހިއްޖެ: އާއިލާ ވެއްޓުނު ރޭ ޔުމްނުއާއި ރައުދާ ދެމެދު ހަމަނުޖެހުމެއް ހިނގި: ފުލުހުން ފަހި ސިއްޙަތު ފެއަރ ހުޅުވައިފި ރައުދުގެ ބަންދަށް އިތުރު 5 ދުވަސް ޖަހައިފި މަގުބޫލު ލިޔުންތައް ބަނޑަށް 9މަސް ފުރިފައިހުރި މާބަ

މަސްޖިދުއްނަބަވީގެ އިމާމު، ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ.
ކީރިތި ރަސުލާ ﷺ ގެ މިސްކިތް، މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލްބުދައިރު، ރާއްޖެ ވަޑައިގަތީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދަަޢުވަތެއްގައި މިދިޔަ ހޯމަ ދުވަހުއެވެ.
ޑރ. ޞަލާޙުލްބުދައިރު ގެ މި ދަތުރުފުޅުގައި ރައީސްގެ އަރިހަށް ވަނީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވަވާފައެވެ. އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާވެސް ބައްދަލުކުރެއްވިއެވެ.
މީގެ އިތުރުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާއި ، ޒުވާން ޚަޠީބުންނާއި ޙާފިޡުންނާއި އިމާމުންނާއި ރާއްޖޭގެ ދީނީ ޢިލްމުވެރިންނާވެސް ބައްދަލުކުރެއްވިއެވެ. ހަމައެއާއެކު ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާ އިމާމް ބައްދަލުކުރެއްވިއެވެ.
އިމާމުގެ މި ދަތުރުފުޅުގައި ސަލްމާން މިސްކިތާއި އިސްލާމީ މަރުކަޒުގައި އިމާމްވެ ނަމާދު ކުރެއްވިއެވެ. އަދި އިސްލާމީ މަރުކަޒުގައި ޚާއްސަ ދަރުހެއް ދެއްވާފާވާއިރު، މަރުކަޒުގައި އިއްޔެ ހުކުރު ކުރެއްވީވެސް ޑރ. ޞަލާޙުލް ބުދައިރެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވުނު މި ދަރުހުގައި، ޑރ. ޞަލާޙުލްބުދައިރު އާންމު ރައްޔިތުންނަށް ދެއްވި ނަސޭހަތްތަކަކީ މުސްލިމުންގެ ދިރިއުޅުމުގައި ވަރަށް މުހިންމު ކަންތައްތަކެއް ކަމަށް ބައިވެރިވި ގިނަ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. ޚާއްސަކޮށް ދުނިޔޭގެ އެދުންތަކަކީ އެންމެ ބޮޑު ބަލިކަމަށް ވިދާޅުވެ، އެކަމަށް އޮތް ފަރުވާއަކީ އެދުންތަކަށް ދެކޮޅު ހެދުން ކަމަށް ވިދާޅުވި ބަސްފުޅު، ގިނަ ބައިވެރިން ބައިވެރިންގެ ސަމާލުކަން ވަނީ ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ