ކުރިން ނުފެންނަ ގިނަ ހަރަކާތްތަކާއެކު އީދު ހަވީރަށް ސްޓެލްކޯ ތައްޔާރު

ސްޓެލްކޯއިން މިއަހަރުގެ އީދުގެ ހަރަކާތްތަކުގެ ތެރޭގައި ކަރަންޓް ބޯލްގެ ނަމުގައި ހާއްސަ ހަރަކާތެއް ބާއްވަން ވަނީ ނިންމާފަ އެވެ. މިއީ ތަފާތު އިންޓްރެކްޓިވް ހަރަކާތްތައް ހިމެނޭ ގޭމް އެކެވެ.
ކުރިން ނުފެންނަ ގިނަ ހަރަކާތްތަކާއެކު އީދު ހަވީރަށް ސްޓެލްކޯ ތައްޔާރު ވުމުގެ އެންމެ ފަހުގެ މަސައްކަތް ފަށައިފި އެވެ. 
ޕީއެސްއެމްގައި ވާހަކަ ދައްކަމުން ސްޓެލްކޯގެ ފައިނޭންސިން އެންޑް އެކައުންޓް ޑިޕާޓްމަންޓުގެ އޮފިސަރު އައިޝަތު ލީސާ ސައީދު ވިދާޅުވި ގޮތުގައި މި ފެސްޓިވަލްގައި އާއްމު ގޮތެއްގައި ނުފެންނަ ގިނަ ހަރަކާތްތައް އެ ކުންފުނީގެ އީދު ސްޓޯލުން ފެންނާނެ އެވެ. 
"މި ހަރަކާތްތަކުގެ ތެރޭގައި ރަންނަމާރި ރައިޑް އާއި ޑަންޑެހެލް ފައިޓް އަދި ބަބުލް ބެލޫން ހިމެނޭ. މީގެ އިތުރުން އަޅުގަނޑުމެންގެ ދާއިރާއާ ގުޅުންހުރި ހަރަކާތްތަކެއްވެސް ހިމެނޭ،" ލީސާ ވިދާޅުވި އެވެ. 
ސްޓެލްކޯއިން މިއަހަރުގެ އީދުގެ ހަރަކާތްތަކުގެ ތެރޭގައި ކަރަންޓް ބޯލްގެ ނަމުގައި ހާއްސަ ހަރަކާތެއް ބާއްވަން ވަނީ ނިންމާފަ އެވެ. މިއީ ތަފާތު އިންޓްރެކްޓިވް ހަރަކާތްތައް ހިމެނޭ ގޭމް އެކެވެ. 
އެ ކުންފުންޏަކީ ގައުމީ ފެންވަރުގައި ބާއްވާ ގިނަ އިވެންޓްތަކުގައި އަބަދުވެސް ފުޅާކޮށް ބައިވެރިވާ ކުންފުންޏެކެވެ. މިގޮތުން އެ ކުންފުނިން މިނިވަން ދުވަހަށް ކޮންމެ އަހަރަކު ނެރޭ ފުޅަނދު ވެފައިވަނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އިވެންޓަކަށެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ