ގޮނޑި ގެއްލުވައިލެވޭ އިސްލާހު: ދައުލަތުން އެދުނު ގޮތާ ހިލާފަށް މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި ގޮނޑި ގެއްލުވައިލެވޭ އިސްލާހު: ދައުލަތުން އެދުނު ގޮތާ ހިލާފަށް މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިހާބުވާއިރު ނިސްބަތްވާ ސިޔާސީ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ސިޔާސީ ޕާޓީއަކުން މަޖިލިސް މެންބަރަކު ވަކިކޮށްފި ނަމަ، މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލޭނެ ކަމަށް އެ ކޯޓުން ކަނޑައަޅައިފި އެވެ.
މި މައްސަލައިގެ އަޑުއެހުންތައް އިއްޔެ ސުޕްރީމް ކޯޓުގައި ފެށިއިރު ދައުލަތުން ވަނީ އިޖުރާއީ ގޮތުން މި މައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެން ނުވާ ކަމަށް ބުނެފަ އެވެ. ދައުލަތުން އެދުނީ ވެސް އެގޮތަށް ކަނޑައަޅައިދިނުމަށެވެ.
އިއްޔެ އާއި މިއަދު ބޭއްވި އަޑުއެހުންތަކަށް ފަހު ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ނިންމީ މި މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށެވެ.
ދައުލަތުން އެދުނީ ޖަވާބު ދިނުމަށް 10 ދުވަހުގެ ފުރުސަތެއް ދިނުމަށެވެ.
ތަފްސީލް އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ