336 ކިލޯގެ ޑްރަގާ އެކު ސްރީދޭވީ ބޯޓު އަތުލައިގެންފި
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކޮށްގެން އެކު ސްރީ ލަންކާ އަށް ދަތުރުކުރި އެ ގައުމުގެ މަސްބޯޓެއް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އަތުލައިިގެންފި އެވެ.ނިއުސް ފަސްޓް ލަންކާއިން ރިޕޯޓުކުރި ގޮތުގައި އިއްޔެ ލަންކާ ސިފައިން ވަނީ "ސީދޭވީ" ނަމަކަށް ކިޔާ މަސްވެރިކަން ކުރާ އުޅަނދެއް ހުއްޓުވައި، އެގައުމުގެ ޑިކޮވިޓާ ބަނދަރަށް އެ އުޅަނދު ގެންގޮސްފަ އެވެ.ލަންކާ ފުލުހުން ބުނީ މަސްވެރިކަން ކުރުމަށް، އުޅަނދުގެ ވެރިފަރާތުން އެެ ބޯޓު ހަވާލުކޮށްފައި އޮތީ އޭނާގެ ޅިޔަނަކާ ކަމަށެވެ. އެކަމަކު މަސްވެރިކަމުގެ ބަދަލުގައި މަސްތުވާތަކެތި އެތެރެކުރުމަށް އެ ބޯޓު ބޭނުންކުރާކަން ނޭނގޭ ކަމަށް ވެރިފަރާތުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.އެ ބޯޓުގައި މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބޯޓު އަތުލައިގަނެ ފާސްކުރި އިރު 250 ކިލޯއަށް ވުރެ ގިނަ ކްރިސްޓަލް މެތާއި 85 ކިލޯގެ ހެރޮއިން ފެނިފައިވެ އެވެ. ލަންކާ ފުލުހުން އަންދާޒާކުރާ ގޮތުގައި އެ ތަކެތީގެ މަގުމަތީ އަގު ފަސް ބިލިއަން ރުޕީސްއަށް އަރާނެ އެވެ.އެ އުޅަނދު އަތުލައިގަތް އިރު އެ އުޅަނދުގައި ތިބި ހަ މަސްވެރިން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ފަހުން ލަންކާ ޕޮލިސް ނާކޮޓިކްސް ބިއުރޯއިން ހިންގި އޮޕަރޭޝަނެއްގައި ވަނީ މި ކުށުގައި ތުހުމަތުކުރެވޭ މައިގަނޑު މީހާ ހައްޔަރުކޮށްފަ އެވެ.ލަންކާ ފުލުހުން ކަށަވަރުކޮށްދިން ގޮތުގައި މިކުށުގައި ޝައްކު ކުރެވޭ މީހާއާ ސުވާލު ކުރުމަށް އޭނާ ހަތް ދުވަހުގެ މުއްދަތަކަށް ޖަލުގައި ބަންދުކޮށްފައިވެއެވެ. ފުލުހުން ގަބޫލުކުރާ ގޮތުގައި މިއީ ވަރަށް ގިނަ ބަޔަކު ރާވައިގެން ހިންގާފައިވާ ކުށުގެ އަމަލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ