ސްކޫލު ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދިވެހި ޓީޗަރަކު ހައްޔަރު ކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގެ ސްކޫލު ޓީޗަރަކު އެ ސްކޫލުގެ ފިރިހެން ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ފުލުހުންނަށް ހުށަހެޅީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ކަމަށެވެ.
ތަފްސީލް - އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 40 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެގޮތުން:
އޭނާ ހައްޔަރު ކުރީ މިދިޔަ މަހުގެ 27ގައި
އޭނާގެ ބަންދަށް ކޯޓުން ވަނީ 30 ދުވަސް ދީފައި
ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުން
ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ދައްކައި ޖިންސީ ގޯނާ ކުރި ދިވެހި ޓީޗަރަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ