މަޑަގަސްކަރައިގެ ރައީސް އެންޑްރީ ރަޖޯއެލީނާ މަޤާމުން ދުރުކޮށް ޤައުމުގެ އެންމެހާ ކަންތައްތަކާ ސިފައިން ހަވާލުވެއްޖެއެވެ.
މަޑަގަސްކަރައިގެ ޤާނޫނު ހަދާ މަޖިލީހުން މިއަދު ވަނީ ރައީސް ރަޖޯއެލީނާ މަޤާމުން ވަކިކުރަން ވޯޓު ނަގާފައެވެ. މި ވޯޓުގައި އޭނާ މަޤާމުން ވަކިކުރުމަށް 130 މެމްބަރަކު ވަނީ ވޯޓުދީފައެވެ. ރައީސް ރަޖޯއެލީނާ މަޤާމުން ދުރުކުރިއިރު، ޤައުމު ދޫކޮށް ވަޑައިގެންނެވި ހަބަރުތަކެއްވެސް ވަނީ ފެތުރިފައެވެ. ނަމަވެސް ކަމާބެހޭ އެއްވެސް ފަރާތަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުން ރައީސް މަޤާމުން ދުރުކުރުމާއެކު ސިފައިން ވަނީ ޤައުމު ހިންގުމާ ހަވާލުވެފެފައެވެ. އަދި އެކަން ސިފައިން ވަނީ ރަސްމީކޮށް އަންގައި މުއައްސަސާތައް ސަސްޕެންޑް ކޮށްފައިވާކަންވެސް އަންގާފައެވެ.
މަޑަގަސްކަރައިގެ ސިފައިން ފޯރިމަރަނީ... ފޮޓޯ: ގެޓީ
މަޑަގަސްކަރައިގެ ވެރިކަން ފުރޮޅިފައިމިވަނީ އެޤައުމުގެ ވެރިކަމާ ދެކޮޅަށް ޖެންޒީން ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ކުރިމަތިވެގެންދިޔަ ފިއްތުންތަކާ ގުޅިގެންނެވެ. ޖެންޒީންގެ މުޒާހަރާތައް ވަރުގަދަވެގެން ދިޔަނަމަވެސް ރައީސް ރަޖޯއެލީނާ މިހާތަނަށް ވިދާޅުވަމުން ދިޔައީ، އިސްތިއުފާދިނުމުގެ ވިސްނުމެއް ނެތްކަމަށެވެ.
މަޑަގަސްކަރައިގެ ޖެންޒީން މުޒާހަރާތައް ފަށާފައިވަނީ ހުސްވި ސެޕްޓެމްބަރުމަހުގެ މެދުތެރޭހިސާބުގައެވެ. ޖެންޒީން މުޒާހަރާތައް ފަށާފައިވަނީ ސަރުކާރުގެ ވެރިންތެރޭ ކޮރަޕްޝަން އިންތިހާއަށް ބޮޑުވުމުގެ ސަބަބުންނެވެ. މުޒާހަރާތަކުގައި މިހާތަަނަށް 50 ހާ ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާކަމަށް މީޑިއާގެ ބައެއް ރިޕޯޓްތަކުން ބުނެއެވެ.
މަޑަގަސްކަރައިގެ ރައީސް މަގާމުން ދުރުކޮށް ޤައުމު ހިންގަން ސިފައިން ނިކުމެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ