ޓެލެގްރާމަށް ބޮޑު އަޕްޑޭޓެއް: އާ ފީޗާތަކާއެކު އައިފޯނަށް ލިކްއިޑް ގްލާސް ޑިޒައިން!
ދުނިޔޭގެ އެންމެ ބޮޑު އެއް މެސެޖިން އެޕްލިކޭޝަން ކަމަށްވާ ޓެލެގްރާމް އިން އެ އެޕްގެ ބޭނުންކުރާ ގޮތް އިތުރަށް ފުރިހަމަކޮށް، ގިނަ އަދަދެއްގެ އާ ފީޗާތަކާއެކު ބޮޑު އަޕްޑޭޓެއް ނެރެފިއެވެ. މި އަޕްޑޭޓުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އައިފޯން ބޭނުންކުރާ ފަރާތްތަކަށް ޚާއްސަކޮށް ތަޢާރަފުކުރި، ހިތްގައިމު ޓްރާންސްޕޭރެންޓް އަސަރެއް ގެނެސްދޭ، 'ލިކުއިޑް ގްލާސް' ޑިޒައިނެވެ. މި އާ ޑިޒައިންގެ ސަބަބުން އައިއޯއެސް ގައި އެޕްގެ ނެވިގޭޝަން ބާއާއި، ކީބޯޑު އަދި ސްޓިކާ ޕެނަލްތައް ފެންނަނީ ނުހަނު ރީތި، ސާފު، އަދި ޒަމާނީ ފެންވަރެއްގައެވެ. ސްކްރޯލްކޮށްލާ ކޮންމެ ފަހަރަކު ވެސް ލޮލަށް ފަސޭހަ، ފްލޫއިޑް އިޙުސާސެއް ކުރެވިގެންދާނެއެވެ. މީގެ އިތުރުން، އައިއޯއެސްގައި ޕްރޮފައިލްތައް އަދި ސެޓިންގްސް މެނޫ ވެސް ވަނީ މުޅިން އަލުން ޑިޒައިންކޮށްފައެވެ. ޓެލެގްރާމް ސްޓޯރީސްގައި ވަގުތުން ލައިވް ސްޓްރީމް ކުރުމުގެ ގާބިލިއްޔަތު ވެސް ވަނީ އިތުރުކޮށްފަ -- އިތުރު ފީޗާއެއްގެ ގޮތުގައި ޓެލެގްރާމް ސްޓޯރީސްގައި ވަގުތުން ލައިވް ސްޓްރީމް ކުރުމުގެ ގާބިލިއްޔަތު ވަނީ އިތުރުކޮށްފައެވެ. ޔޫޒަރުންނަށް އެމީހުންގެ އަމިއްލަ އެކައުންޓުން ނުވަތަ ސްޓޯރީ ޕޯސްޓްކުރުމުގެ ހުއްދަ ލިބިފައިވާ ގްރޫޕްތަކާއި ޗެނަލްތަކުން ވެސް ލައިވް ސްޓޯރީ ހިންގިދާނެއެވެ. ލައިވް ސްޓްރީމް ބަލާ މީހުންނަށް އާދައިގެ ގްރޫޕް ކޯލްތަކާއި އެއްފަދައިން ވަގުތުން ކޮމެންޓުކޮށް އިމޯޖީ ރިއެކްޝަން ފޮނުވުމުގެ ފުރުސަތު ވެސް ލިބޭނެއެވެ. ލިމިޓެޑް އެޑިޝަންގެ ގިފްޓްތައް ވިއްކުމުގައި ހަމަހަމަ ގޮތްތަކެއް ކަށަވަރުކުރުމަށްޓަކައި، ޓެލެގްރާމް އިން މިހާރު ވަނީ އާ ގިފްޓްތައް ޓެލެގްރާމް ސްޓާސް ބޭނުންކޮށްގެން ނީލަން ކިޔައިގެން ވިއްކުމުގެ އިންތިޒާމު ހަމަޖައްސާފައެވެ. މީގެ ސަބަބުން، ހުރިހާ ޔޫޒަރުންނަށް ވެސް މި ޚާއްސަ ގިފްޓްތައް ލިބުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ. މީގެ އިތުރުން، ގްރޫޕް ކޯލްތަކާއި ވީޑިއޯ ޗެޓްތަކުގައި ވާހަކަ ދައްކަމުންދާ ވަގުތު ކޮމެންޓުކޮށް އިމޯޖީ ރިއެކްޝަން ފޮނުވޭނެ ގޮތް ހަމަޖައްސާފައިވެއެވެ. އަދި ޚާއްސަ އާ ޔޫޓިލިޓީ ފީޗާއެއްގެ ގޮތުގައި ކޮންޓެކްޓްތަކުގެ ޕްރޮފައިލްގައި އެކަނި ޚުދް ބަލާލެވޭނެ ޕްރައިވެޓް ނޯޓްތައް ލިޔުމުގެ ފުރުސަތު ވެސް މި އަޕްޑޭޓުގައި ވަނީ ހިމަނާފައެވެ. އެންމެ ފަހުގެ ބަދަލުތަކުގެ ތެރޭގައި، އެކުވެރިންގެ އުފަންދުވަސްތައް އެމީހުންގެ ޕްރޮފައިލްއަށް އެޑްކުރުމަށް ސަޖެސްޓް ކުރުމުގެ ފުރުސަތާއި، އަދި ވަކި ވަގުތުތަކެއްގެ ދެމެދުގައި މެސެޖްތައް ތަކުރާރުކޮށް ފޮނުވޭނެ އިންތިޒާމު ވެސް ހިމެނެއެވެ. ޓެލެގްރާމްގެ މި ފުޅާ އަޕްޑޭޓަކީ އެ އެޕްލިކޭޝަން ބޭނުންކުރާ ގޮތް އިތުރަށް މުނިފޫހިފިލުވައިދީ، ކަސްޓަމައިޒްކޮށް، ޒަމާނާ ގުޅޭ ފެންވަރަށް ބަދަލުކޮށްލާފައިވާ ބަދަލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ