18 ރިސޯޓު ހަދަން ބީލަމަށް ހުޅުވާލައިފި

އުތުރުގެ ތިން އަތޮޅާއި ލ. އަތޮޅުގެ ބައެއް ރަށްރަށާއި ފަޅުގައި ޓޫރިސްޓު ރިސޯޓް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.
ތަފްސީލު - މިނިސްޓްރީން ރޭ ކުރި އިއުލާނުގައި ރިސޯޓު ތަރައްގީކުރަން ހުޅުވާލީ ހއ، ހދ. ށ. އަދި ލ. އަތޮޅުންނެވެ. އެގޮތުން ބީލަމަށް ލީ ރަށްރަށާއި ފަޅުތަކަކީ:
ހއ. މާދުނި ފަރު 1 - 200 ހެކްޓަރު
ހއ. މާދުނި ފަރު 2 - 200 ހެކްޓަރު
ހއ. މާދުނި ފަރު 3 - 200 ހެކްޓަރު
ހއ. ކެލާ ފަޅު 1 - 156.2 ހެކްޓަރު
ހއ. ކެލާ ފަޅު 2 - 169.3 ހެކްޓަރު
ހދ. މަކުނުދޫ ފަރު 1 - 200 ހެކްޓަރު
ހދ. މަކުނުދޫ ފަރު 2 - 200 ހެކްޓަރު
ހދ. މާފަރު ފަރު 1 - 200 ހެކްޓަރު
ހދ. މާފަރު ފަރު 2 - 200 ހެކްޓަރު
ހދ. މާފަރު ފަރު 3 - 200 ހެކްޓަރު
ށ. ގޮނާ ފަރު 1 - 200 ހެކްޓަރު
ށ. ގޮނާ ފަރު 2 - 200 ހެކްޓަރު
ށ. ގޮނާ ފަރު 3 - 200 ހެކްޓަރު
އޭގެ އިތުރުން ހަލާލް ޓޫރިޒަމް މޮޑެލްއަށް ރިސޯޓު ތަރައްގީ ކުރުން އިއުލާންކުރި ފަސް ތަނަކީ:
ހއ. ބީނާފުށި (2.21 ހެކްޓަރު) އަދި ކަނޑާލިފިނޮޅު (5.05 ހެކްޓަރު) 
ހދ. މަކުނުދޫ ފަރު 1 - 200 ހެކްޓަރު
ށ. ފުރިފަރު - 4.34 ހެކްޓަރު
ލ. ފޮނަގާދޫ - 8.18 ހެކްޓަރު
ބީލަމާ ގުޅޭ މުހިންމު މައުލޫމާތު:
މައުލޫމާުތު ސާފުކުރުން: 9 ޑިސެމްބަރު އަދި 6 ޖެނުއަރީގެ ހެނދުނު 9 ޖަހާއިރު ވާޗުއަލްކޮށް
ބީލަން ފޮތް ދޫކުރާނީ: 23 ނޮވެމްބަރުން 2 ފެބްރުއަރީގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީން
އެޕްލިކޭޝަން ފޯމު: މިނިސްޓްރީގެ ވެބްސައިޓުން
ބީލަން ހުށަހެޅުމުގެ ސުންގަޑި: 3 ފެބްރުއަރީގެ ހެނދުނު 9
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ