އަންނަ މަހު ރާއްޖޭގައި ބާއްވާ ހަތް ވަނަ ކެރަމް ވޯލްޑް ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "އަދަދު ސްޕޯޓްސް" ހަަމަޖައްސައިފި އެވެ.
"އަދަދު ސްޕޯޓްސް" އާއި ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން އަންނަ މަހުގެ ފުރަތަމަ ހަފްތާގައި މާލޭގެ ބާސެލޯސް ނަަސަންދުރާގައި ބާއްވާ މި މުބާރާތުގެ ތައްޔާރީތަކާއި ކުޅުންތެރިންގެ މައުލޫމާތާއި މުބާރާތްތަކުގެ ނަތީޖާތައް "އަދަދު ސްޕޯޓްސް" އިން ގެނެސްދޭނެ އެވެ.
އެ ގޮތުން، ކެރަމް ވޯލްޑް ކަޕްގެ މައުލޫމާތު ފޯރުކޮށްދިނުމަށް އަދަދުގެ ވެބްސައިޓްގެ ކުޅިވަރަށް ހާއްސަ ސެކްޝަނުން ހަބަރުތައް ގެނެސްދިނުމުގެ އިތުރުން، "އަދަދު ސްޕޯޓްސް"ގެ ސޯޝަލް މީޑިއާ ހޭންޑަލްތަކުން ކެރަމް ވޯލްޑް ކަޕްގެ ކަވަރޭޖް ފުޅާކޮށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގައި 2014 ވަނަ އަހަރު ސަން އައިލެންޑް ރިސޯޓްގައި ކެރަމް ވޯލްޑް ކަޕް ހޯސްޓްކުރިތާ 11 އަހަރު ފަހުން މި ފަހަރުގެ ވޯލްޑް ކަޕް ބާއްވަން ފުރުސަތު ލިބި، ކުރު މުއްދަތެއްގެ ތެރޭގައި އެކަން ހަމަޖައްސައި، ކެރަމް އެސޯސިއޭޝަނުން ހަލުވި ދުވެއްޔެއްގައި މަސައްކަތްތައް ފަށައިގަތެވެ.
މީގެ ކުރިން، 2014 ވަނަ އަހަރު ރާއްޖޭގައި ވަނީ ކެރަމް ވޯލްޑް ކަޕް ހޯސްޓްކޮށްފަ އެވެ. އެ ފަހަރު އެ މުބާރާތް ކުރިއަށްގެންގޮސްފައިވަނީ، ސަން އައިލެންޑް ރިސޯޓުގަ އެވެ. އަދި، އޭގެ ފަހުން، މިދިޔަ އަހަރު ރާއްޖޭގައި ވަނީ، އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ބާއްވައިފަ އެވެ. އެ މުބާރާތުގައި، ހަތް ގައުމަކުން ޖުމްލަ 80 ކުޅުންތެރިން ވާދަކުރި އެވެ.
"އަދަދު ސްޕޯޓްސް" އިން ވަނީ 2021 ވަނަ އަހަރު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް މަސައްކަތް ކުރުމުގެ އިތުރުން، މާލޭގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ބޮޑީބޯޑިން މުބާރާތް ވިޒިޓް މޯލްޑިވްސް ޕްރޯ އާއި ސަން އައިލެންޑް ރިސޯޓްގައި ކުރިއަށްދިޔަ އެފްއައިވީބީ ކޮލިފައިން ބީޗްވޮލީބޯޅަ މުބާރާތުގެ އިތުރުން، ރާއްޖޭގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތްތަކުގައި ވެސް މީޑިއާ ޕާޓްނަރަކަށް މަސައްކަތްކޮށްފަ އެވެ.
ރާއްޖޭގެ ގިނަ ކުޅިވަރު އެސޯސިއޭޝަންތަކާ އެކު، މީޑިއާ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ "އަދަދު ސްޕޯޓްސް" އިން ވަނީ، ރާއްޖޭގައި ބޭއްވޭ ގައުމީ ފެންވަރުގެ ބޮޑެތި މުބާރާތްތަކާއި ރަށު ނޫނީ އަތޮޅު ފެންވަރު މުބާރާތްތަކުގެ ވެސް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ.
ކެރަަމް ވޯލްޑް ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "އަދަދު ސްޕޯޓްސް" ކެރަަމް ވޯލްޑް ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "އަދަދު ސްޕޯޓްސް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ