ގޫގުލްއިން ރާއްޖެއަށް ބޮޑު އިންވެސްޓްމެންޓެއް؛ އައްޑޫގައި ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނެއް ހަދަނީ

އައްޑޫ ސިޓީ ހިތަދޫގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރުމަށް ގޫގުލްއިން ނިންމައިފިއެވެ. އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ގޫގުލްއިން ރާއްޖޭގައި އިންވެސްޓުކުރުމަށް ނިންމުމުން އެކަމަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެއީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާއަށް ވަޑައިގެން، ގޫގުލްގެ އިސް ވެރިންނާއެކު ކުރެއްވި މަޝްވަރާތަކަށްފަހު، ގޫގުލްއިން ނިންމި ނިންމުމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. https://x.com/MoEDmv/status/1990446515136176292 އެ ނިންމުމުގެ ސަބަބުން، ދުނިޔޭގައި ކުރިއަރަމުންދާ ޓެކްނޮލޮޖީއާއި އިނޮވޭޝަންގެ ދާއިރާގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާ ކުރުމަށް މަގުފަހިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. ތަފުސީލް އަންނަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ