އަޒްނީން ޖެހިޖެހިގެން 4 ވަނަ ފަހަރަށް ވޯލްޑް ޗެމްޕިއަންޝިޕުން ރަން މެޑަލް ހޯދައިފި

ދުނިޔޭގެ އެންމެ ބޮޑު, ބޮޑީބިލްޑިން މުބާރާތުގައި ޖެހިޖެހިގެން ހަތަރު އަހަރު ރަން މެޑަލް ހޯދައިގެން ރާއްޖޭގެ އެންމެ ފަހުގެ މިސްޓަ މޯލްޑިވްސްގެ މަގާމު ހޯދި އަޒްނީން ރަޝާދު ވިދާލައިފިއެވެ. އިންޑޮނޭޝިއާގެ ބަޓަމްގައި މިހާރު ކުރިއަށްދާ 16 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން އަޒްނީން ރަން މެޑަލް ހޯދާފައިވަނީ ފިރިހެނުންގެ ސްޕޯޓްސް ފިޒީކް އަޕް ޓު 170 ސެންޓިމީޓަރު ކެޓަގަރީގައެވެ. މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ޓީމުގައި ހިމެނޭ އެތުލީޓުންނަކީ އަހުމަދު ނައީމް، އަޒްނީން ރަޝާދު، މަނާފް ވަހީދު، އަލީ މަބްރޫކް ލަތީފް އަދި އިސްމާއިލް ޝުއާއު ޢަބްދުﷲ އެވެ. ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ވޯލްޑް ޗެމްޕިއަންޝިޕުން އަޒްނީން ރަން މެޑަލް ހޯދުން -- ޓީމުގެ ހެޑު ކޯޗެއްގެ ގޮތުގައި ޢަބްދުލްހަސީބު ހުސައިން ހަރަކާތްތެރިވާއިރު، މެނޭޖަރެއްގެ ގޮތުން ހަރަކާތްތެރިވަނީ މުހަންމަދު ނަޒީހެވެ. މުބާރާތުގައި ރާއްޖެއިން ވާދަކުރާ ކެޓަގަރީތަކަކީ 17 ސެންޓިމީޓާ ސްޕޯޓް ފިޒީކް، 175 ސްޕޯޓް ފިޒީކް، 167 އެތުލެޓިކް ފިޒީކް، 175 އެތުލެޓިކް ފިޒީކް އަދި އަޕް ޓު 180 އެތުލެޓިކް ފިޒީކް ކެޓަގަރީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ