ސަރަނގޭއަށް: 50 މިލިޔަންގެ ޑީލެއް ހަދާފާ ދަލުބޭރޭ މުޑަހަންޖޭ ނުކިޔާ!

50 މިލިޔަނުގެ ލޯނު ޑީލެއް ދިނީމާ ރައީސް މުއިއްޒަށް ސަރަނގު އާދަމް މަނިކެއް ކަމަކު ތާއީދު ނުކުރާނެ ކަމެއް ނެތްތާއެވެ. ހަތަރެސްކަން ހަމަވަމުންދާ ރިސޯޓް މައްސަލަ އޮބަހައްޓާލަ ދިނުމަކީވެސް ކުޑަކަމެއް ނޫންތާއެވެ. 
އަޑަށް ބާރުލާ ހާމަކަން ބޮޑުކޮށް އެމްޑީޕީއަށް އެއްޗެތި ކިޔާ ނުލިއްޔަކާ ސަރަނގޭއަށް މުއިއްޒާއި ދޫނި ބައިގަނޑު އިތުބާރެއް ނުކުރާނެއެވެ. ދައުލަތް ދަރާވިކި 500 މިލިޔަން ޑޮލަރަށް ވުރެ ބޮޑު ދަރަންޏެއް ބޯމަތީގައި އޮއްވާ ރައްޔިތުންގެ ފައިސާއިން 50 މިލިޔަނުގެ އަޑިނޭނގޭ ލޯނެއް ދިނީމާ މުއިއްޒަށް ސަރަނގޭ ވަރަށް ބޮޑަށް އިތުބާރު ކުރާކަމަށް ބުނަންވެސް ވާނެއެވެ.
މާލޭ މޭޔަރުކަމަށް މޫސާ އަލީ ޖަލީލު ގެންނަން ސަރަނގޭ ތާއީދު ކުރުމަކީ މުޅި މާލެ އެފަޅިއަށް އަރިވެގެން ދާނެކަމެކޭ ހީވަނީތާއެވެ. އެންމެ ފަހުން ސަރަނގޭ ވާދަކުރީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ މައްޗަށްގޮޅި އުތުރު މެންބަރު ކަމަށެވެ. ސަރަނގު އާދަމް މަނިކަށް 50 ވޯޓު ނުލިބުނެވެ. ރައީސަކު ހޮވަން އެންމެ ބޮޑަށް ސަރަނގޭ ފޫގަޅާފައި އުޅުނީ ޑރ. ވަހީދު ހޮވުމަށެވެ. އެ ފަކީރަށް މުޅި ގައުމުން ލިބުނީ އެންމެ %5 އެވެ. 
ސަރަނގޭގެ ތާއީދަކީ އިންތިހާބުން ބަލިވާނެ ކަމުގެ ވަރުގަދަ ސިގުނަލެކެވެ. ރައީސް ސޯލިހު އިންތިހާބުން ފޭލިވީވެސް ފަހުވަގުތު ސަރަނގޭ ތާއީދު ކުރުމުންނޭ ވެސް ބުނެވިދާނެއެވެ. 
ސަރަނގޭއަކީ އަބަދުމެ ދަލުބޭރުން ޖެހިޖެހި ހުންނަ މީހެކެވެ. އެމްޑީޕީ ކެނޑި ކެނޑިފައި ވަނުމަކީ ސަރަނގޭގެ ޒާތެވެ. އެމްޑީޕީއަށް ބެވިވަރަކުން ނޫނީ ހެދިޑީލްގެ ކަންކަން ފުރިހަމަ ވަމުންނެއް ނުދާނެއެވެ. 
މުއިއްޒުގެ ވެރިކަމުގައި މިހިނގާ ދެ އަހަރު ގޯސްކޮށް ކަމެއް ދިޔަކަމަކަށް ސަރަނގޭއަށް މިވަގުތަކު ނުވާނެއެވެ. މައްސަލަ ޖެހިފައި އޮތް ރިސޯޓްގެ ކަންތައް ހަމަޔަކަށް އެޅި ރައްޔިތުންގެ ފައިސާއިން ފަންސާސް މިލިޔަން ރަނގަޅަށް ގޮހޮރަށް މެޅި ހަޖަމް ވަންދެން މުއިއްޒު ވަރެއް ނޯންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ